ޕެޓްރޯލް އަގުބޮޑޭ ބުނުމުން ސަރުކާރުން އަމީތާބަށް ބިރުދައްކަނީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މަޝްހޫރު އަދި އުމުރުން ދުވަސްވީ ހުނަރުވެރި ފިލްމީ ތަރިއެއްކަމުގައިވާ އަމީތާބު ބައްޗަން ޕެޓްރޯލުގެ އަގުބޮޑޭ ބުނެ ސަރުކާރަށް ފާޑުކިއުމުން މަހާރާޝްޓްރާގެ ސަރުކާރުން އަމީތާބަށް ބިރުދައްކަންފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި ޕެޓްރޯލުގެ އަގުބޮޑުކަމަށް ބުނެ ފާޑުކިޔައި ވާހަކަދެއްކި ތަރިންނަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބިރުދައްކަމުންނެވެ. ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ބޭފުޅަކު ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ މީހުންގެ ފިލްމު ކުޅުން ހުއްޓުވުމަށާއި އެމީހުންގެ ފިލްމުތައް ސިނަމާތަކުގައި ދެއްކުމަށް ހުރަސް އަޅާނޭކަމަށެވެ.

ޕެޓްރޯލު އަގުބޮޑުވުމާގުޅިގެން ސަރުކާރަށް ފާޑުކިޔައި ހެދި ތަރިންގެ ތެރޭގައި އަމީތާބުގެ އިތުރަށް އަކްޝޭ ކުމާރުވެސް ހިމެނެއެވެ.

ބީޖޭޕީން ފިލްމީ ތަރިންނާ ދެކޮޅަށް ބިރުދައްކަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކުން ވަނީ އަޑުއުފުލާފައެވެ. އެމީހުން ބުނިގޮތުގައި ޕެޓްރޯލުގެ އަގު ބޮޑުވުމުން އެންމެ ބޮޑަށް ގެއްލުން ވަނީ ވެސް އާންމުންންނަށެވެ. އަމީތާބާއި އަކްޝޭ އަޑު އުފުލަމުންދަނީ އާންމުންގެ ހައްގުގައެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ބުނިގޮތުގައި މަންމޯހަން ސިންގް ބޮޑުވަޒީރަކަށް ހުންނެވި ދުވަސްވަރުވެސް ޕެޓުރޯލުގެ އަގު އުފުލުމުން އަމީތާބާއި އަކްޝޭފަދަ ތަރިން އެކަމާ ހިތްހަމަނުޖެހިގެން ވަނީ ވާހަކަ ދައްކާފައެވެ. އެމީހުން ބުނިގޮތުގައި ކަން އެހެން އޮތްއިރު ޕެޓްރޯލުގެ އަގު ބޮޑުވުމުން އަމީތާބާއި އަކްޝޭފަދަ ތަރިން މިފަހަރު އެވާހަކަ ދެއްކުމުން ސަރުކާރު ހިންގާ ފަރާތްތަކުން އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އިންސާފަކަށް ނުވާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް