ރާއްޖެ އިން ވެކްސިން ދިން ދިވެއްސަކު ނިޔާވުމާއި ގުޅިގެން އޭނާގެ މަރު ތަހުޤީގު ކުރަނީ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ގދ.ގައްދޫ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކެވެ. އަދި އޭނާ ވަނީ މިމަހުގެ 17 ވަނަ ދުވަހު ވެކްސިން ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވީ ނިޔާވި އުމުރުން 93 އަހަރުގެ ފިރިހެން މީހާއަކީ ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ.

މިމީހާ ނިޔާވީ ​ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މިއަދު މެންދުރު ވަގުތު ގައެވެ.

މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ތަހުގީގު ފުރިހަމަކޮށް ނިމުމުން، މިކަމުގެ މައުލޫމާތުތައް އާންމު ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ. އަދި މިއާއެކު ​“މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް،“ އެޗްޕީއޭގެ އެ ޓުވީޓުގައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް