ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 116 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 116 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 4 މީހަކާއި ސަފާރީ އަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 108 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,340އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,412 އެކްޓިވް ކޭސް ހިމެނޭއިރު، 168 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިއާއެކު ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 58 އަކަށް ވަނީ އަރާފައެވެ. އަދި މިހާތަނަށް 15،863މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް