ރައީސް ބައްޝާރު އަވަހާރަކޮށްލައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވި: ކުރީގެ މުޝީރެއް

Loading

Facebook
Twitter
WhatsApp

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އަވަހާރަކޮށް ލައްވަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވިކަމުގައި އެމެރިކާގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ.

އެދުވަސްވަރު ގައުމީ ސަލާމަތީ ކަންތައްތަކަށް ލަފާދެއްވާ މުޝީރުގެ ނައިބު ކޭޓީ މެކްފާލޭންޑް ވިދާޅުވިގޮތުގައި ރައީސް ބައްޝާރު އަވަހާރަކޮށްލުމުގެ އަމުރު ނެރުއްވުން ހުއްޓުވުމަށް ރައީސް ޓްރަމްޕަށް ލަފާދެއްވަން އޭނާއަށް ޖެހިވަޑައިގެންނެވިއެވެ.

ރައީސް ބައްޝާރު އަވަހާރަކޮށްލައްވަން ޓްރަމްޕް ބޭނުންފުޅުވީ، ސީރިޔާގެ ސިފައިން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް 2017ގައި ވިހަ ގޭހެއް ބޭނުންކުރުމުގެ ސަބަބުން މަރުވި ކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ފެނިވަޑައިގަތުމުންނެވެ.

ބައްޝާރުލް އަސަދު ވިދާޅުވި ގޮތުގައި ސީރިޔާގެ ސިފައިން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ގޭހެއް ބޭނުމެއްނުކުރެއެވެ. އެދުވަސްވަރަކީ ރައީސް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ސީރިޔާގެ އިދިކޮޅުފަރާތްތަކާ ބައެއް އަރަބި ގައުމުތަކާއި ހުޅަނގުގެ ބާރުތަކުން ގުޅިގެން ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރެވެ. ނަމަވެސް ބައްޝާރުގެ ދިފާއުގައި އީރާނާއި ރަޝިޔާ ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން އެމެރިކާއާއި ހުޅަނގުން ބޭނުންވީ ގޮތަށް ސީރިޔާގެ މައްޗަށް އަތްގަދަކުރެވޭ ގޮތެއްނުވިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތީކަންތައްތަކަށް ލަފާދެއްވާ މުޝީރުގެ ނައިބުކަން ކުރެއްވި، މެކް ފާލޭންޑް ވިދާޅުވި ގޮތުގައި އޭގެ ފަހުން ހިނގި ހާދިސާއެއްގައި އިރާގުގައި އެމެރިކާގެ މީހަކު މަރާލުމާ ގުޅިގެން ރައީސް ޓްރަމްޕުގެ އަމުރުފުޅަށް އީރާނުގެ އިސް ކޮމާންޑަރެއްކަމުގައިވާ ޖެނެރަލް ޤާސިމް ސުލައިމާނީ ވަނީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލާފައެވެ.

ސުލައިމާނީ އަވަހާރަކޮށްލި ހާދިސާ ތަހުގީގުކުރި އދ.ގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސުލައިމާނީ އެމެރިކާއިން އަވަހާރަކޮށްލާފައިވަނީ ބައިނަލްއަގުވާމީ ގަވައިދުތަކާއި ގާނޫނާ ޚިލާފަށެވެ. އީރާނުން ބުނެފައިވަނީ އެހާދިސާގެ ބަދަލު ފުރިހަމައަށް ހިފާނެކަމަށެވެ.

ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރުގައި އެމެރިކާއިން ބޮޑު ހަނގުރާމައެއް ފަށައި ކުރިއަށް ނުގެންދިޔަކަމަށްވިޔަސް ސީރިޔާއާއި ޔަމަނާއި އީރާނުފަދަ ގައުމުތަކުގެ އިތުރަށް އެފްރިކާގެ މުސްލިމު ގައުމުތަކާ ދެކޮޅަށް ވަރަށް އަނިޔާވެރި ހަރުކަށި ފިޔަވަޅުތައް ޓްރަމްޕް އަޅުއްވާފައިވެއެވެ.

 

Loading

One Response

Leave a Reply to Hum Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް