ޙައްޖުގެ އަޅުކަން: މިއަހަރު ވެސް ޝައްކު

Loading

Facebook
Twitter
WhatsApp

މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލާ ގުޅިގެން މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންތައް ރަނގަޅަށް އިންތިޒާ ކުރެވޭނޭކަމާމެދު ޝައްކުކަމަށާއި ޙައްޖަށް މީހުން ގެންދަން ނުނެގުމަށް ސަޢުދީ ޢަރަބިޔާގެ ކަމާބެހޭ ފަރާތްތަކުން އަންގައިފިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ސަޢުދީ ޢަރަބިޔާގައި 369 މީހުންނަށް ކޮރޯނާ ވައިރަސް އަލަށް ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި ފަސް މީހުން މަރުވެފައިވެއެވެ.

ސަޢުދީ ޢަރަބިޔާގެ ދީނީކަންތަކާ ބެހޭ ވަޒީރު ނޫރުލް ޙައްޤު ޤާދިރީ ވިދާޅުވިގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަމާގުޅޭގޮތުން ސަރުކާރުން އަދި ވަކި ގޮތެއް ކަނޑައެއްނާޅައެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމެއް އެއްވެސް ބަޔަކާއެކު ކޮށްފައެއްވެސް ނެތެވެ.

މިނިސްޓަރ ނޫރުލް ޙައްޤު ޤާދިރީ ވިދާޅުވިގޮތުގައި ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. އަދި އެކަމާގުޅޭ ގޮތުން ރަނގަޅު ނިންމުމެއް ނިންމަން ސަރުކާރުން ގެންދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންކަމަށް ވެސް ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިޔާއަށް ބޭރުފައިސާ އެންމެ ގިނައިން ވައްދާ އެއްބަޔަކީ ހައްޖުވެރިންނާއި ޢުމުރާ ވެރިންނެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގެ އެތައްލަކަ މުސްލިމުން ތިބީ ސައުދީ އަރަބިޔާއަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމުގެ އެދުމުގައެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ނުރައްކަލާ ގުޅިގެން ކޮންމެ ގައުމަކުން ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން އަދި ކަނޑައެޅިގެން އެނގޭނެ ގޮތެއް ނެތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް