ކޮރޯނާ ވައިރަސް ފެތުރިފައި ވަނީ ޗައިނާގެ ލެބޯޓްރީ އަކުން ނޫން:ޑަބްލިޔޫއެޗްއޯ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސް ފެތުރިފައިވަނީ ޗައިނާގެ ލެބޯޓްރީ އަކުން ލީކް ވެގެނެއް ނޫން ކަމުގައި ޑަބްލިޔޫ.އެޗް.އޯ ގެ އެކްސްޕާޓެއް ބުނެފިއެވެ. މިގޮތުން، މިވައިރަސް މީހުންގެ ތެރެއަށް ފެތުރިގެން ދިޔައީ ކޮންމެވެސް އެހެން އެއްޗެއްގެ ޒަރީޢާއިން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ޑަބްލިޔޫއެޗްއޯ ފުޑް ސޭފްޓީ އަދި އެނިމަލް ޑިޒީސް އެކްސްޕާޓް ޕީޓަރ ބެން އެމްބަރެކް ޗައިނާގައި ހެދި ދިރާސާގެ ޚުލާޞާ ރިޕޯޓް ގައިވާ ގޮތުން، ޑަބްލިޔޫއެޗްއޯ ގެ އިންވެސްޓިގޭޝަން ޓީމުން ވަނީ މިވައިރަސް ފެތުރުނު އަސްލު ހިސާބަކީ ޗައިނާގެ ސިޓީއެއް ކަމަށްވާ ވުހާންއިންކަމަށް ބުނެފައެވެ.

ކޮރޯނާ ވައިރަސް ގެ އެންމެ ފުރަތަމަ ކޭސް ތައް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި، ވުހާން އިންނެވެ.

އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވި ދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރީ ޗައިނާގެ ލެބޯޓްރީއަކުން ކަމަށް ވިދާޅުވެ ޓްރަމްޕް އެތައް ފަހަރެއްގެ މަތީން ޗައިނާއަށް ފާޑުވިދާޅުވެފައިވެއެވެ.

 

Loading

One Response

Leave a Reply to ްޢަބުދުއްﷲ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް