ރައްޔިތުން‏ މަޖިލިސް އިދާރާގައި ވެކްސިން ދޭން ފަށައިފި!

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އާންމުންނަށް ކޮވިޑް19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ދޭން ފަށައިފިއެވެ.

މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުން ފެށިގެން އެ މަސައްކަތް އެ އިދާރާގައި ކުރިއަށް ދާނެ ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހް] އެދިވަޑައިގަންނަވާ ދުވާލެއްގެ މައްޗަށް މަދުވެގެން 6،000 މީހުން ވެކްސިނޭޓް ކުރުމަށް، އޭރުން އަމާޒަކަށް ވާސިލް ވެވެނީ، އެ ކަން ކުރުމަށް މަޖިލީހުގެ އިދާރާގައި ޖާގަ އޮތުމާއި އިދާރާގެ ތެރޭގައި ފިނިކޮށްފައިވާ ޖާގަ ހުރުމާ ވެސް އެކު، މި ތަނުން މި މަސައްކަތް ކުރިއަށް މި ގެންދަނީ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި އާންމުންނަށް ވެކްސިން ދޭން ފަށާފައިމިވަނީ ރައްޔިތުންގެ މަޖިލީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މި ވަގުތު ވެކްސިނޭޓް ކުރަމުންދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ލިސްޓަށްކަމަށާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް އެ އިދާރާގައި ވެކްސިން ޖެހުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް