އިންޑިއާގެ ބޮޑުވަޒީރު މޯދީ އަވަހާރަކޮށްލަން 5 ކުރޯޑު ރުޕީސް ހޯދަން އުޅުނު މީހާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ފަސް ކުރޯޑު ރުޕީސް ދިނުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަވަހާރަކޮށްލާނޭކަމަށް ބުނެ ވާހަކަދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކުރިމީހާ ބަންދުގައި ބަހައްޓަން އެދުމުން ކޯޓުން ވަނީ އެކަމުގެ ހުއްދަ ދީފައެވެ.

އިންޑިއާގެ ނޫސްތަކުން ހާމަކުރިގޮތުގައި ސަތިޔާ ނަންދާމް 43އ ފޭސްބުކުގައި ލިޔެފައިވަނީ 5 ލައްކަ ރުފިޔާ ދިނުމުން އޭނާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަވަހާރަކޮށްލާނޭކަމަށެވެ.

ފުލުހުން ބުނިގޮތުގައި ސަތިޔާ ނަންދާމްއަކީ ރަށްފުށުގައި ދިރިއުޅޭ ވިޔަފާރިވެރިއެކެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ ތަހުގީގުކޮށް ސަތިޔާ ނަންދާމްގެ މައްޗަށް ދައުވާކުރެވޭނެއެވެ.

ސަތިޔަ ހިއްސާކުރި ލިއުމުގައި އޭނާ ބޮޑު ވަޒީރު އަވަހާރަކޮށްލަން ތައްޔާރަށް ހުރިކަމަށާއި އެކަމުގެ އަގަކަށް 5 ކުރޯޑު ރުޕީސް ދޭނީ ކާކުތޯ އޭނާއަށް އެނގެން ބޭނުންވާ ކަމުގައި ލިއެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ސަތިޔާ ފޭސް ބުކުގައި ހިއްސާކުރި ލިއުމުގެ މައުލޫމާތު ފުލުހުންނަށް ދިނީ ޑްރައިވަރެކެވެ.

ބޮޑުވަޒީރު މޯދީއަކީ އިންޑިއާގެ ހަރުކަށި ހިންދޫންގެ ތާއިދު ބޮޑަސް އިންޑިއާގެ ބައިމަދު ދީންތަކުގެ މީސްމީހުންނާމެދު ހަރުހަށި ކަމަށް މަޝްހޫރު ބޭފުޅެކެވެ.

މޯދީގެ ސަރުކާރުން ދަނޑުވެރިކަމުގެ ގާނޫނަށް ގެނައި ބަދަލުތަކަކާގުޅިގެން އިންޑިއާގެ ދަނޑުވެރިން އެގައުމުގައި މެދުކެނޑުމެއްނެތި މުޒާހަރާކުރަމުންދާތާ ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި މޯދީ އަވަހާރަކޮށްލަން ފަސް ފަހަރެއްގެމަތިން މަސައްކަތްކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ހާމަކޮށްފައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް