ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 121 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 121 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން ވަނީ 15 މީހަކު ފައްސިވެފައެވެ. އަނެއް 102 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 16,276 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,879 އެކްޓިވް ކޭސް ހިމެނޭއިރު، 178 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

ރާއްޖެއިން އިއްޔެ ކޮވިޑް-19 ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރައްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 53 އަކަށް ވަނީ އަރާފައެވެ. އަދި މިހާތަނަށް 14,337 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް