ތުރުކީއިން އުފެއްދި ޑްރައިވަރާއި ނުލައި ދުއްވާ ފުރަތަމަ ބަސް، އުރުދުޣާން ޓެސްޓް ކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީ ގައި ފުރަތަަމަ ފަހަރަށް އުފެއްދި ޑްރައިވަރާ ނުލާ ދުއްވާ ބަސް، މިދިޔަ ހޯމަ ދުވަހު އެޤައުމުގެ ރައީސް ރަޒަބް ތައްޔިބު އުރުދުޣާންގެ ޙާޒިރު ގައި ޓެސްޓް ކޮށްފި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ މިބަހިގެ ސަބަބުން ތުރުކީ އިތުރަށް ކުރިއަރައި، އަދި ތުރުކީގެ ބުރޭންޑް ތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޕްރޮމޯޓު ވެގެންދާނެ ކަމަށެވެ.

ރައީސްގެ އިތުރުން، ތުރުކީގެ އިންޑަސްޓްރިއަލް ޓެކްނޮލޮޖީ މިނިސްޓަރ މުސްޠަފާ ވަރަންކު ވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ކަރުސަން އަޓަކް އިލެކްޓްރިކް ނަމަކަށް ކިޔާ މި ބަހުގެ ރޭންޖަކީ 300 ކިލޯމީޓަރެވެ. މިބަހަށް މިފަދަ ބޮޑު ރޭންޖެއް ލިބިފައިވަނީ މިބަހުގައި ހިމެނޭ ބީ.އެމް.ޑަބްލިޔޫ 222 ކޭ-ޑަބްލިޔޫ-އެޗް އެލް.އައި. އަޔޮން ބެޓެރީގެ ސަބަބުން ކަމަށް، މިބަސް އުފެއްދި ކުންފުނިން ބުނެފައިވެ އެވެ. މިބަހަކީ އަލްޓަނޭޓިން ކަރަންޓް ބޭނުން ކޮށްގެން 5 ގަޑިއިރު ގެ ތެރޭގައި ޗާރޖް ކުރެވޭ، އަދި ޑައިރެކްޓް ކަރަންޓް ބޭނުން ކޮށްގެން 3 ގަޑިއިރު ގެ ތެރޭގައި ޗާރޖް ކޮށްލެވޭ ބަހެކެވެ.

އުރުދުޣާންގެ ވާހަކަފުޅު ގައި އިތުރަށް ފާހަގަ ކުރައްވާ ފައިވާ ގޮތުގައި، މިބަހަކީ ސާފު ހަކަތައިގެ ދަތުރު ގައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އެމަނިކުފާނުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވެފައި ވަނީ، މިބަސް އީޖާދަށް އައިސްފައި މިވަނީ މޫސުމީ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެ މިއަދު މިދަނޑިވަޅުގައި މިދަނީ ސާފު ހަކަތައާއި ދިމާލަށް ދަތުރު ކުރަމުން ކަމަށްވެސް ރައީސް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް