އެއް މާސްކަށްވުރެ ދެ މާސްކު އެޅުން މާ ރައްކާތެރި

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހުން ރައްކާތެރިވާން ބޭނުންކުރާ އެންމެ އިތުބާރުހުރި ”ހަތިޔާރަކީ“ އެއްވެސް ޝައްކެއްނެތް ގޮތުގައި މާސްކެވެ.

އަޅަން ރަނގަޅީ އެއް މާސްކު ހެއްޔެވެ؟ ނޫނީ އެއްފަހަރާ ދެ މާސްކު އެޅުން ކިހިނެއް ހެއްޔެވެ؟

ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ކޮންމެ ފަހަރަކު ނޫންނަމަވެސް ބައެއް ފަހަރަށް އެއް މާސްކު އަޅައިގެން އުޅުމަށްވުރެ ދެ މާސްކު އަޅައިގެން ހުރުމުގެ ރައްކާތެރިކަން މާ ބޮޑެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ހާމަކޮށްފައިވާ ގޮތުގައި އާދައިގެ ފޮތިން ހުންނަ މާސްކަށްވުރެ ބޮޑަށް ރަނގަޅީ ދެ ފަށަލައަށް ހުންނަ ފޮތިން ހަދާފައި ހުންނަ މާސްކުން އަނގަޔާއި ނޭފަތް ނިވައިކުރުމެވެ.

ބޮސްޓަން ޔުނިވަސިޓީގެ ޑޮކްޓަރަކު ވިދާޅުވިގޮތުގައި ގިނަ ފަހަރަށް އެއް މާސްކު އަޅައިގެން އުޅުމުން ވެސް ފުދޭނެއެވެ. އެކަމަކު މާސްކު ރަނގަޅަށް އަޅަން ޖެހޭނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަޅަން ޖެހޭނީ ރަނގަޅު މާސްކެއް ކަމަށްވެސް އޭނާ އޭނާ ވިދާޅުވިއެވެ.

އެއްމާސްކުން ފުދޭނޭކަމަށް ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވިޔަސް ބައެއް މީހުން ބޭނުން ވަނީ ރައްކާތެރިކަން އިތުރަށް ޔަގީން ކުރުމަށެވެ. އިތުރުރަށް ރައްކާތެރިވެ ތިބުމަށެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިޔާގެ ތަޖުރިބާކާރު ޑޮކްޓަރެއްކަމުގައިވާ މޮނީކާ ގާނދީ ވިދާޅުވިގޮތުގައި ބަންދުތަންތަނުގައި ގިނަ ވަގުތު އުޅޭ މީހުންނާއި އުދުހޭ ބޯޓުތަކުގައި ދަތުރުކުރާ މީހުން އިތުރު ރައްކާތެރިކަން ޔަގީންކުރަން ބޭނުންނަމަ ފޮތި މާސްކެއް އެޅުމަށްފަހު އޭގެ މަތިން ސާޖިކަލް މާސްކެއް ވެސް އެޅިދާނެއެވެ.

ޑރ. މޮނީކާ ގާނދީ ވިދާޅުވިގޮތުގައި އިތުރު ރައްކާތެރިކަމަށް ބޭނުންވާ މީހާ ”އެން 95“ ގެ މާސްކެއްގެ ބޭނުން ހިފުން ބުއްދިވެރިއެވެ. ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާ ސަރަހައްދުތަކުގައި އުޅޭ މީހުންނާއި ގިނަ ވަގުތު ބަންދު ތަންތަނުގައި އުޅޭ މީހުންނަށް އެ ގޮތުން ރައްކާތެރިކަން ހޯދިދާނެ އެވެ.

ޑރ. މޮނީކާ ވިދާޅުވިގޮތުގައި ދެފަށަލައަށް ހުންނަ ފޮތިން ފުރޭނިގެން ވައިރަހުގެ ޒައްރެއްގެ މިންވަރުވިޔަސް އަނގަޔާއި ނޭފަތަށް ދަތުރުކުރަން ވަރަށް ބޮޑަށް އުނދަގޫވާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް