​އެމް.އޯ.ސީ ގެ މުއްދަތު މެލޭޝިޔާގައި އިތުރުކޮށްފި!

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) 2 ހަފްތާއަށް އިތުރު ކޮށްފައިވާ ކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓަރ އިސްމާޢިލް ސަބްރީ މިއަދު މެންދުރު ވިދާޅުވެއްޖެއެވެ.

ކުރިން އެޤައުމުގެ އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ގެ މުއްދަތު އޮތީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފެބްރުއަރީ 18 އާއި ހަމައަށް އެމް.އޯ.ސީ ގެ މުއްދަތު އިތުރުކޮށްފައިވަނީ ހަލުވި ކަމާއެކު އެޤައުމުގައި ކޮވިޑް19 ފެތުރެމުން އަންނާތީވެއެވެ.

އެމް.އޯ.ސީ ގެ މުއްދަތު ނިމޭނީ ޗައިނާގެ އައު އަހަރާއެކުގައެވެ. އައު އަހަރު ފާހަގަ ކުރުމުގެ ކަންކަމާމެދު އަދި އެޤައުމުގެ ސަރުކާރުން ވަކި ގޮތެއް ނުނިންމައެވެ.

މެލޭސިޔާއިން މިހާރު ދުވާލެއްގެ މަށްޗަށް 5،725 އާއި ގާތް ކުރާ އަދަދަކަށް މީހުން ދަނީ ފައްސިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް