282 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިން ރާއްޖެއިން 282 މީހަކަށް ދީފިއެވެ.

​އެޗްއީއޯސީއިން ބުނީ މާލޭގައި ހުރި ހަ ވެކްސިން ސެންޓަރާއި އަތޮޅުތަކުގައި ހުރި ދެ ވެކްސިން ސެންޓަރުން 282 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

އިއްޔެ ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ޙާއްސަ ޕްރޮގްރާމް އިއްޔެ ފެށިއިރު އެންމެ ފުރަތަމަ ރާއްޖެއިން ވެކްސިން ދީފައި ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ޝިރާނީއަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ދެ ވަނަ އަށް ރާއްޖޭގައި ވެކްސިން ޖެހީ ހުޅުމާލެ ހޮސްޕިޓަލާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ކާރްތިކެންއެވެ. ތިން ވަނަ އަށް ވެކްސިން ޖެހީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރެވެ.​

އެ ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވައިފަ އެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް