ވެކްސިން ދިނުމުގައި ނޫސްވެރިންނަށް އިސްކަން ދޭންޖެހޭ: ކޭޔޫޖީ

Loading

Facebook
Twitter
WhatsApp

ކޯވިޑް-19އަށް ވެކްސިން ދިނުމުގައި ނޫސްވެރިންނަށް އިސްކަންދިނުމަށް ޕާކިސްތާނުގެ ކަރާޗީގެ ޔުނިއަން އޮފް ޖާރނަލިސްޓު)ކޭޔޫޖޭ)ން ބުނެފިއެވެ.

ކަރާޗީގެ ޗީފު މިނިސްޓަރަށް ކޭޔޫޖޭއިން ދަންނަވާފައި ވަނީ ނޫސްވެރިންނަކީ ކޯވިޑް-19ގެ ނުރައްކާތެރި ހާލަތުގައި ވެސް އެންމެ ކުރީ ސަފުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ބައެއްކަމަށާއި ކޮރޯނާ ވައިރަސް ޖެހިގެން ގިނަ އަދަދަކަށް ނޫސްވެރިން މަރުވެފައިވާކަމަށާއި އެތައް ސަތޭކަ ނޫސްވެރިންކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށެވެ.

”ކަން އެހެން އޮތުމުން ކޯވިޑް-19ގެ ވެކްސިން އެންމެ އިސްކަމެއް ދީގެން ފުރަތަމަ ދޭ މީހުންގެ ތެރޭގައި ނޫސްވެރިން ހިމަނަންޖެހޭ. އޭރުން ނޫސްވެރިންނަށް އިސްސަފުގައި ވާޖިބު އަދާކުރުމުގައި ރައްކާތެރިކަމާއެކު ދެމި ތިބެވޭނީ.“ ކަރާޗީ ޔުނިއަން އޮފް ޖާނަލިސްޓްސް އިން ޗީފު މިނިސްޓަރަށް ލިއުނު ސިޓީގައި ވެއެވެ.

ކޮރޯނާގެ ނުރައްކާ ފެތުރިފައިވާ ގައުމުތަކުގައި އިމަޖެންސީގައި މަސައްކަތް ކުރާ މީހުންގެ ލިސްޓުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ނޫސްވެރިން ހިމަނާފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރިކަމަށްވިޔަސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ނޫސްވެރިންނަށް ކޮރޯނާވައިރަސްޖެހި ވަރަށް ގިނަ ބަޔަކު މަރުވެފައިވެއެވެ.

ފެބްރުއަރީ 2020ގައި ޕާކިސްތާނުގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ބައެއް ނޫސްވެރިން އޮފީހަށާއި ބޭރުތެރެއަށް ނުނިކުމެ ތިބެ މަސައްކަތް ކުރިކަމަށް ވިޔަސް ގިނަ ނޫސްވެރިންދިޔައީ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ނިކުމެ ޚަބަރުހޯދައި ފޮޓޯނަގަމުންނެވެ.

ވަރަށް ގިނަ ނޫސްވެރިން ގަބޫލުކުރާގޮތުގައި ކޮރޯނާ ވައިރަހުން ދިފާއުވުމަށް ވެކްސިން ޖެހުމަކީ އިތުބާރާއެކު މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

 

Loading

One Response

  1. ފިރަތަމަ ޖަހަންވީ ޕަޕަރާސީ ފޮޓޮގްރާފުންގެ ގަޔަށް. ދެންވެސް ބައެއް ފޭކް ރިޕޯޓަރުންނަށް. ދެން ވާގޮތްބަލާފަ އެހެން މީހުނަށް ޖަހާނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް