ދައުލަތުގެ އެންމެ އިސް ތިން ވެރިން ވެކްސިން ޖައްސަވައިފި!

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދައުލަތުގެ ތިން ބާރުގެ އިސްވެރިން މިއަދު ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ބޭފުޅުން ​ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކޮވިޑް ވެކްސިން ޖައްސަވައިފައި ވަނީ ކޮވިޑް ވެކްސިން ރާއްޖޭގައި ޖަހަން ފެށުމަށް މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ހަފުލާގަ އެވެ.

އެބޭފުޅުންގެ އިތުރުން ވެކްސިން ޖެއްސެވި ވަޒީރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެ އަށް ވެކްސިން ހަދިޔާކުރި އިންޑިއާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވެކްސިން ޖެއްސެވި އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ފަށައިފައެވެ.

​ވެކްސިން ޖެހުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހާލަތަށް އާދެވުނީ ހެލްތު އޮފިޝަލުންނާއި ރައްޔިތުން ކުރި މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހެލްތު އޮފިޝަލުންގެ ލަފައާ އިރުޝާދަށް ރައްޔިތުން ބޯލަނބާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ. އުންމީދަކީ ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުން ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑު އުންމީދަކީ ކުރަނީ އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން،“ ރައީސް ސޯލިހު ވިދާޅުވި އެވެ.

Loading

One Response

  1. އެ ޖެއްސެވީ އިންޑީ އިން ގެނައި ކޮވިޑްސީލް ބާހރަތު ތޯއެވެ. އެހެންކަމަށްވަންޏާ ދެން އަވަހަށް ރައްޔަތުންގެ މަޖިލީސްގެ ހުރިހާ މެމްބަރުންނަށް ނާއި ދެން ބާކީ ތިބި މިނިސްޓަރުންނަށް އެއީ ނައިބުންފެންވަރުގެވެސްމެ، ޖަހައިފާ 10 ދުވަސް ބަލާފައ އެބޭފުޅުން އެ ވެކްސިންގެ ސަބަބުން ބުރާންތިވެ ގޯސް ނުވަންޏާ އާވަހަށް އެންމެން އެކަމަށް ސަޕޯޓްދީގެން ވެކްސިން ޖަހާ ނިންމާލަންވީއެވެ. ނަމަވެސް އެބޭފުޅުންނަށް ޚާއްސަކޮށް އެހެން މޮޅު ވެކްސިން އެއްޖަހާފަ އެހެން ރައްޔަތު ބޭފުޅުންގަޔަށް ބަހރަތު ކޮވިޑްޝީލް ނުތަޅުއްވާނެކަމަށް ބަލާމާހެއްޔެވެ. އެގޮތް ހެޔޮކަން ބޮޑުވެގެން ވެއެވެ. ހުރިހާ ދިވެހިންނާއި ދުނިޔޭގެ އެންމެނަށް މިކޮވިޑް19 ގެ މުސީބަތުން އަވަހަށް ސަލާމަތް ކުރައްވަފާންދޭވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް