އަދާލަތު ޕާޓީގެ އިންތިޚާބުން މޮޅުވީ އިމްރާން

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް 5 އަހަރަށް އަދާލަތު ޕާޓީގެ ރައީސްއެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ އެޕާޓީގެ މިހާރުގެވެސް ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚު އިމްރާން އަބްދުﷲ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސްއަކާއި އެމަނިކުފާނުގެ ނައިބެއް ހޮވުމަށް އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބުގައި އަދާލަތު ޕާތީގެ ރައީސް ކަމަށް ވާދަކުރެއްވީ ޝެއިޚު އިމްރާން އާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި އިންތިޚާބުގައި 1088 މެމްބަރުން ވޯޓު ލާފައިވާކަމަށް އެޕާޓީން ބުނެއެވެ. ވޯޓްދިން މިހުންގެ ތެރެއިން ހޯމް މިނިސްޓަރ ޝެއިޚު އިމްރާނާއި އޭނާގެ ނައިބު މިހާރުގެ އެޕާޓީގެ ސެކްރެޓެރީ ޖެނެރަލް އަޙުމަދު ޝަރީފު އަށް 921 ވޯޓު ލިބިވަޑައިގެންނެވިއިރު، މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއާއި އޭނާގެ ނައިބު ނަޝީދުއަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. އެބޭފުޅުން ޕާޓީގެ އެއްވެސް މެމްބަރަކާއި ގުޅައި ވޯޓުހޯދުމަށް އެއްވެސް ޙަރަކާތެއް ހިންގަވާފައެއް ނުވާކަން ފާހަގަކުރެވެއެވެ.

އިލެކްޝަން ކަމިޝަނަރގެ ދަފުތަރު ބުނާގޮތުން އަދާލަތު ޕާޓީގެ މެމްބަރުގެ އަދަދަކީ 6200 މީހުންކަމުގައި ބުނެއެވެ.

މިދިޔަ ނުވަ އަހަރާއި އަށް މަސްދުވަހު އަދާލަތުގެ ރައީސް ކަމުގެ މަގާމު ފުރުއްވި އިމްރާން އަނެއްކާވެސް އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ވެފައިވާއިރު، ދެވަނަ ދައުރު ގާތްގަނޑަކަށް ނިންމާލެވިފައި ވަނީ އިންތިޚާބެއް ނުބާއްވައެވެ. މިއަދު ކުރިއަށްދިޔަ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބުނެފައިވަނީ ފަސް ދުވަސް ފަހުންނެވެ.

18 އޮގަސްޓު 2005ގައި ރަޖިސްޓްރީ ކުރެވުނު އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލުން ކަމަށް ބަދަލުގެނެވިފައިވެއެވެ. އެގޮތަށް ބަދަލުގެނައުމަށް ހަމަޖެއްސީ ދާދިފަހުން އެޕާޓީގެ މަޝްވަރާ މަޖިލީސްއަށް، ޕާޓީގެ ރައީސް އިމްރާނުގެ ޚިޔާފުޅާއިއެކު ހުށަހެޅުއްވި އިސްލާޙު އެގޮތަށް ފާސްކުރެވިގެންނެވެ. އަދި އެގޮތުން ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިން މޭޓެވެ.

 

Loading

2 Responses

  1. އެބޭއްވީ އިންތިޚާބެއްތޯއެވެ. އިމްރާނުގެ ރައީސްކަން އެންޑޯސް ކުރުމަށް ކުޅުއްވި ޗަރުކޭސް އެއް ނޫންތޯއެވެ. މިނިސްޓަރު ޒާހިރަށް ވޯޓެއް ދޭންވެގެން ގުޅާ އެސްއެމްއެސް އެއް ފޮނުވީމާވެސް ރިޕްލައިވެސް ނުކުރެއްވިއެވެ. އިމްރާން ބޭނުންފުޅުވާތޯ ޑިމޮކްރެސީ އޮތްވަރު ދެއްކުމަށް ޕާޓީގެ މެމްބަރުން ގުނބޯ ހެއްދުވީއެވެ. އަސްލު މިމީހުން ”ލާދީނީއޭ“ މިކިޔާގުރޫޕުންވެސް އިންތިޚާބުތައް ބާއްވަނީ މިއަށްވުރެ ތާހިރުކޮށެވެ.

  2. މަރުޙަބާ ޝެއިޚު އިމްރާން ޓީމް. އަދާލަތު ޕާޓީއަށް އިތުރު ކުރިއެރުމެއް ލިބުން އެދެމެވެ.

Leave a Reply to ގާސިމު އައްޑޫ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް