ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

Loading

Facebook
Twitter
WhatsApp

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ހެޑް އަދި ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ދިވެހި ފިލްމީތަރި އަޙްމަދު ޒިޔާއާއި ކައިވެނި ކުރެއްވުމަށް ލޯބީގެ ގޮތުން ގުޅިފައިވާކަން މީޑިއާއަށް ހާމަކުރެއްވީ މިދިޔަ ހަފްތާގައި ބޭއްވެވި އެންގޭޖްމަންޓް ޙަފުލާގައެވެ. މިއަދު ޒިޔާ ބުނިގޮތުގައި އެ ދެލޯބިވެރިންގެ ކައިވެނި އަންނަ މަހުގައި ކުރާގޮތަށް މިވަނީ ހަމަޖެހިނިމިފައެވެ. މިއީ އިންތިޒާރުގައި ހުރުން ދެން ނިމި ވަރަށް އުފާވެރި ދުވަހެކެވެ. ޒިޔާ ބުންޏެވެ.

ޒިޔާއާއި އާއި ކައިވެނިކުރަން ޝިދާތާ ރަންކިޔާފައިވަނީ ބުރާސްފަތި ދުވަހުގެރޭގައެވެ. ރޭ ޝިދާތާ ކުރެއްވި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފަށްޓަވަނީ ދިރިއުޅުމުގެ އައު ދަތުރެެއް ކަމަށާާއި، މިއީ އައު ފެށުމެއްކަމަށެވެ. އަދި ހިތް އުފަލުން ފުރިފައިވާކަމަށާއި އިތުރަށް ސިޔާސީގޮތުންވެސް ކުރިއެރުންތަކެއް ލިބޭނެކަމުގެ އުންމީދުވެސް ބޮޑުކަމުގައި ވެސް ޝިދާތާ ވިދާޅުވިއެވެ. އެ އިޝާރާތް ކުރެއްވީ ފިލްމީތަރި ޒިޔާގެ މަޝްހޫރުކަމުން އިންޑައިރެކްޓްލީ ލިބިދާނެ މަޝްހޫރުކަމުގެ ވާހަކަ ކަމަށް ގަތް ފުރެންޑަކު ބުނެދިނެވެ.

މިކަމާއި ގުޅިގެން މީޑިއާގެ ބޭފުޅުންނާއި ވާހަކަދައްކަވަމުން ޒިޔާ ބުނީ މަސައްކަތްކުރައްވަމުން މި ގެންދަނީ އަންނަ ފެބްރުއަރީ މަހުގައި ކައިވެނި ކުރުމަށްކަމުގައެވެ. އެގޮތުން އެކަމަށްޓަކައި ތައްޔާރީތައްވަމުން ދެފަރާތުގެ ޢާއިލާއިން ވަމުންދަވާކަމަށް ވެސް ޒިޔާ ބުންޏެވެ.

ޒިޔާ ބުނީ ލޯބީގެ ގޮތުން ގުޅިފައިވާ ދެހިތެއް ސިޔާސީ ދެފިކުރަކަށް ވުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ދެ ފިކުރެއްގައިކަމަށް ވެސް ޒިޔާ ވަރަށް ކޮންފިޑެންސް އާއި އެކުބުންޏެވެ.

ޒިޔާއަކީ ޖުމްހޫރީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު ވެސްމެއެވެ. ޝިދާތާއަކީ މިހާރުވެސް ޢަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާނުގެ އެންމެ އިތުބާރުކުރައްވާ އަންހެން ލީޑަރުމެއެވެ.

 

Loading

3 Responses

  1. މަރުޙަބާ ސިދު! ކުރިން އުޅުއްވީ ދީނީ ތުނބުޅި ހުންނަ ބޭފުޅަކާއި އެކު. މިހާރު ތި ގެންނެވި ބަދަލުން ހަމަ ގައިމުވެސް ލައިފު އަޅާ ކިރާލެވޭނެއެވެ. ދެން ޒިޔާ އެއީ މާލޭގެ ވަރަށް ގިނަ މީހުން އޭނާގެ ޙާލަތު ދަންނަ ފިލްމުސްތާރެކެވެ. ދެން 2023 ގެ އިލެކޝަންގައި ވާގޮތެއް ބަލާފަ އެއްޗެއް އިރުތަށް ދަންނަވާނަމެވެ. ދެފިކުރު ދެ ޕާޓީ ދެލޯބިވެރިން. އުފާރެވިކަމާއި ހެޔޮގޮތުގައި ތިޔަ ކައިވެނި ދިއުން އެދެމެވެ.

  2. ދީނީ ޕާޓީއެއް ކަމަށްބުނާ ޢަދާލަތު ޕާޓީގެ ފޮރިން ސެކްރެޓަރީ ކާފަރު މުޖުތަމަޢުގައި ތަކުގެ ސަގާފަތާއި އެއްގޮތަށް އެންގޭޖްމަންޓް އިޢުލާން ކުރުމަކީ ސުވާލު އުފެދޭ ކަމެއް. މިކަހަލަ ލާދީނީ ފިކުރުގެ މީހުން ޕާޓީގެ އިސްސަފުން ފެނުމަކީ ޕާޓީގެ މަގުސަދު ކަމަށް މިހާތަނަށް ބުނަމުންއައި ބަސްތައް ގަބޫލު ކުރަން ދަތި ކަމެއް.

Leave a Reply to ފާމުލަދޭރި ކިލެގެފާނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް