އަންހެނުންތަކަކާ ފޮށިގެން މިއަދު ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ މަރުކަޒަށް ވަތް މީހާ: ފުލުހުން

Loading

Facebook
Twitter
WhatsApp

 

ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށިއާންމުންނަށް އުދަގޫކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ  މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ވަތް މީހާ ކަމަށް މިރޭ ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ހަވީރު ބުނީ ހެންވޭރުގައި ބޮޑުތަކުރުފާނު މަގަށް ހުންނަ ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކައިރިން މިއަދު މެންދުރު 13:05 ގައި ހައްޔަރުކުރި  މީހާއަކީ އެސަރަހައްދުގައި އަންހެނުންތަކަކާ ފޮށި، އާންމުންނަށް އުނދަގޫކުރަމުންދިޔަ 50 އަހަރުގެ ބަންގުލަދޭޝް މީހެއްކަމަށެވެ.

މި މައްސަލައާ ގުޅިގެން  މިރޭ ފުލުހުން މީޑީއާ އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހައްޔަރުކުރި މީހާއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަރަހަނާ ހާލު އިސްލާމީ މަރުކަޒަށް ވަނުމުގެ ސަބަބުން ހައްޔަރުކުރި މީހާއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބަރަހަނާ ހާލު އިސްލާމީ މަރުކަޒަށް ވަތް މީހާ އާ ބެހޭގޮތުން މިއަދު ފުލުހުން ބުނެފައިވާ ގޮތުން މި މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކެވެ. އަދި އޭނާ ދޫކޮށްފައިވާ ކަމަށާ މީހާގެ ސްޕޮންސަރ އާއި ގުޅިގެން ގައުމަށް ފުނުވައިލުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

އެ މީހާ ދެވަނަ ފަހަރަށް ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލު ވަނުމުގެ ސަބަބުން ހައްޔަރުކުރުމަށްފަހު ދޫކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުން މީޑިއާއަށް ހާމަކުރިތާ ދެ ގަނޑިއިރުތެރޭގައެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާ ފުރަތަމަ މިސްކިތަށް ވަނީ ޓީޝާޓަކާއި ސޯޓެއް ލައިގެންނެވެ. މިސްކިތަށް ވަނުމަށްފަހު އަޑުގަދަ ކުރަން ފުށުމުން މިސްކިތުގައި އެވަގުތު ތިބި މީހުން އޭނާ މިސްކިތުން ބޭރުކުރިއެވެ.

މިސްކިތުގައި ތިބި މީހުން ބުނިގޮތުގައި އޭނާ އަޑުގަދަކުރަމުން ދިޔައީ ރަށަށް ދާން ބޭނުންވާކަމަށް ބުނެއެވެ.

އެމީހާ މިސްކިތުން ބޭރުކުރުމުން ދެން މިސްކިތަށް ވަނީ އޭގެ އިރުކޮޅެއްފަހުން ބަރަހަނާ ހާލުގައި ކަމަށް މަންޒަރު ފެނެނު މީހުން ބުނެއެވެ. އެމީހުން ބުނާގޮތުން އެ މީހާ ހައްޔަރުކުރި އިރު އެ މީހާ ވަނީ މިސްކިތުގެ ބައެއް ތަކެއްޗަށް ވެސްވެސް ގެއްލުން ދީފައެވެ. މި މީހާ މިސްކިތުން ނެރެނިކޮށް ނަގާފައިވާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް