ސައްހަނޫން މަޢުލޫމާތު ހިއްސާކުރި މައްސަލައިގައި ސަޢުދުއަށް ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ސައްހަ ނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީގެ މައްޗަށް ދެ ދައުވާއެއްކޮށްފިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ސަޢުދު ޢަލީގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
މީގެ ތެރެއިން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުންނެވެ. އަދި އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މީގެ އިތުރުން ސަޢުދުގެ މައްޗަށް އުފުލާފައިވާ، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކީ ގާނޫނުގެ 521 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބުމަށް ފުރިހަމަވާންޖެހޭ 10,000 މީހުންގެ އާބާދީ ހަމަވާކަން ދެއްކުމަށް 4 ސެޕްޓެންބަރު 2022 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއަށް ފޮނުވި ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ސައުދު ހިމަނާފައިވާ ކަމަށް ޕީޖީން ފާހަގަކުރެއެވެ. މީގެ އިތުރުން، އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ފޮނުވަން އެލްޖީއޭއިން އެންގުމުން، 14 އޮގަސްޓު 2023 ގައި އަލުން ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 ކަމަށް ބުނެ ސައްހަނޫން ލިސްޓެއް ސަޢުދު ސޮއިކޮށް ހިއްސާކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް