ކ. މާފުށީގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ މޫދަށްވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގިއިރު ކާރުގައި ތިން މީހުން ތިބިކަމަށާއި އޭގެތެރެއިން ދެ މީހަކަށް އަނިޔާވިކަމަށެވެ. އަދި މި ދެމީހުން ފުލުހުންގެ އެހީތެރިކަމާއެކު މާފުށީ ސިއްޚީމަރުކަޒަށް ގެންގޮސް ފަރުވާދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ކާރު މޫދަށްވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހި އެ ދެ ލޯންޗަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
ފުލުހުން ބުނީ މޫދަށް ވެއްޓުނު ކާރު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއްކަމަށެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.