ސަފާރީގައި ޖިންސީގޯނާ ކުރި މައްސަލައިގައި ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފަޅުތެރާގައި އޮތް ސަފާރީއެއްގައި ރޭޕްކުރިކަމަށް ތުހުމަތުކުރެވި މީޑިއާގެ ސަމާލުކަން ލިބުނު މައްސަލައިގައި ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މަށްޗަށް ދައުވާކޮށްފިއެވެ.

ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވަނީ ލ. ގަމު ނޫރަންގޭ އަބްދުﷲ ޝާންގެ މަށްޗަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ އެމްޑީޕީގެމެންބަރު ޖީހާން މަހްމޫދުގަ ފިރިކަލުންނެވެ.

ޝާންގެ މަށްޗަށް ތިން ކުށަކަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވެއެވެ. އެއީ ޖިންސީ ގޯނާގެ ތުހުމަތުގެ އިތުރުން ގައިގައި އަތްލުމުގެ ކުށުގެ ތުހުމަތާއި އަނިޔާއެއް ދީފާނަެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

އޭނާގެ މަށްޗަށް ދައުވާކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވަނީ ބުދަދުވަހުއެވެ.

އޭނާގެ އިތުރުން އަދި ދެ މީހަކަށް ދައުވާކުރުމަށް މިދިޔަމަހު 15ވަނަ ދުވަހު ފުލުހުން ޕީޖީއަށް ފޮނުވިނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ދެ މީހެއްގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 27 ވަނަދުވަހުގެ ފަތިހުކަމަށެވެ.

އޭރު ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މި މައްސަަލައާއި ގުޅިގެން ކުށުގެ ވެށިން ދިވެހި ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަންޖެހޭ އެކަށީގެންވާ ސަަބަބެއް ނެތުމުން ދޫކުރިކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފެންމަތިވީ ރާއްޖޭގެ އޮންލައިން ނޫހަކުން މި މައްސަލައިގައި ޖިންސީ އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ ޝާން ކެންޔާ އަންހެންމީހާ ރޭޕްކުރިކަމަށް ތުހުމަތުކޮށް ލިޔުނު އާޓިކަލް އަކުންނެވެ. އެ އަންހެން މީހާއާ އާއި ހަވާލާދީ އެ ނޫހުން ލިޔެފައިވާގޮތުުން ރޭޕްގެ ޝިކާއަކަށް އޭނާވުމުން އެމީހުންގެ ކިބައިން ސަލާމަތް ވުމަށް އޭނާ މޫދަށް ފުންމާލީއެވެ. ނަމަވެސް އެ އަންހެން މީހާއާއި ހަވަލާދީ ފަހުން ނޫސްތަކުން ބުނެފައިވަނީ އޭނާ ރޭޕްކޮށްފައި ނުވާކަމަށެވެ. މި މައްސަލައަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ ގިނަބަޔެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުކުރުވި މައްސައެކެވެ.

Loading

One Response

  1. ދެން އެނގިދާނެތާ ވާގޮތެއް. ހޯރަ އިބުރޭ އަށް ވެސް ހިތްހޮޔޮ ރައީސް #ޒީރޯޓޮލެރެންސްގެ ދަށުން ރަނގަޅުގޮތެއް ހައްދަވައިދެއްވާ ޖަލުން ސަލާމަތްކޮށްދެއްވީނޫންތޯއެވެ. ވީމާ ؟ ! ؟

Leave a Reply to މާހިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް