16،500އެއްހާ ޣައްޒާގެ ރައްޔިތުން މަރުގެ ތުންފަތްމައްޗަށް!

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ޔަހޫދީންގެ އަނިޔާވެރިކަމުގެ ވާހަކައަކީ މުޅި ދުނިޔެ ފަރިތަވެފައިވާ ހަޤީޤަތެކެވެ. ލާއިންސާނީ އަމަލުތައް އެ ޔަހޫދީން ހިންގަމުން އެ އަންނަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެގޮތުން، އިސްރާއީލުގެ ޔަހޫދީންގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް އަނިޔާތަކުގެ ބޮޅަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެފައެވެ.

އެމީހުންވަނީ. ޣައްޒާގެ 16,500 އަށްވުރެ ގިނަ ބަލިމީހުންނަށް ފަލަސްތީނުން ބޭރުން އަވަސް ފަރުވާ ހޯދުމަށް ފުރައިގެން ދިއުމުގެ ފުރުސަތު ބަންދުކޮށްފައެވެ. މި ނިންމުމާއެކު، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ”ކްރިޓިކަލް“ ސިއްޙީ ފަރުވާ، އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް ނުލިބިދާނެކަމުގެ ބިރު ހީވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރަސްމީކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ހިސާރުކޮށްފައިވާ ޣައްޒާގެ ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ، ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ތުހުމަތުކޮށްފައެވެ. ސިއްހީ އޮފިޝަލުން އިންޒާރު ދެއްވި ގޮތުގައި، ބަލިމީހުން ބޭރަށް ފޮނުވުން ލަސްވުމުގެ ސަބަބުން، އެ މީހުންގެ ފުރާނައަށް ނުރައްކާވެ، މިހާރުވެސް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ ކަމަށެވެ.އެ މިނިސްޓްރީން ބުނި ގޮތުގައި، ކެންސަރު ބައްޔާއި، ކިޑްނީ ބައްޔާއި، ބޮޑެތި އަނިޔާތަކުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުންދާ ގިނަ ބަލިމީހުންނަށް ބޭނުންވާ ހާއްސަ ފަރުވާތައް މިހާރު ޣައްޒާގެ އެތެރެއަކުން ނުލިބެއެވެ. އަހަރުތަކެއް ވަންދެން ކުރިމަތިވި ހަމަނުޖެހުންތަކާއި، އޭގެ ފަހުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ބިރުވެރި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ސިއްހީ ނިޒާމުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. ނުވަތަ ސުންނާފަތިވެފައެވެ.ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެކްޓިންގ އަންޑަރސެކްރެޓަރީ މާހިރު ޝާމިއާ ވިދާޅުވީ، ބޯޑަރު ހުރަސްކުރާ ސަރަހައްދުތަކަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ބޭރަށް ފުރޭ ބަލިމީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ ރަފަހް ބޯޑަރު ފެބްރުއަރީ މަހު ބައެއް ގަޑިތަކުގައި ހުޅުވި ނަމަވެސް، އެތަނުން ދަތުރުކުރުމަށް އަދިވެސް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް އޮފިޝަލުން ބުނެއެވެ.ޝާމިއާ ވިދާޅުވި ގޮތުގައި މިހާރު ފަލަސްތީނު މީހުންނަށް ރަފަހް ބޯޑަރުން ފުރެނީ ހަފްތާއަކު އެންމެ ތިން ދުވަހުއެވެ. އަދި ކަރަމް އަބޫ ސާލިމް ބޯޑަރުން ބަލިމީހުން ބޭރަށް ފޮނުވެނީ ހަފްތާއަކު އެންމެ ދުވަހަކުއެވެ. އޭނާ ވަކާލާތު ކުރެއްވި ގޮތުގައި މި ހުރަސްތަކުގެ ސަބަބުން ފަރުވާއަށް އިންތިޒާރު ކުރަމުންދާ ބަލިމީހުންގެ ކިއޫ ދަނީ ދުވަހުން ދުވަހަށް ދިގުވަމުންނެވެ.“ބަލިމީހުން ބޭރަށް ދިއުމަށް އޮތް މައިގަނޑު ދޮރު ކަމަށްވާ، ރަފަހް ބޯޑަރު މެދުނުކެނޑި ބަންދުކޮށްފައި ބޭއްވުމުގެ ސަބަބުން ކުރިމަތިވެފައިވާ މި ކާރިސާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިސްތިއުމާރީ ބާރުންކަމަށް ޝާމިއާ ވިދާޅުވިއެވެ.މި ކާރިސާ ކުރިމަތިވެފައިވަނީ ޣައްޒާގެ އިންސާނީ ހާލަތާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން އަދިވެސް ތިބީ ގެދޮރު ގެއްލިފައެވެ. އަދި ކާބޯތަކެތީގެ ދަތިކަމާއި އަސާސީ ހިދުމަތްތައް ލިބުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ދިރިއުޅުމަށް ދަނީ އަސަރުކުރަމުންނެވެ.ސިއްހީ އޮފިޝަލުން ބާރުއަޅުއްވާ ގޮތުގައި، މިހާރު ރާއްޖޭން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ގިނަ ބަލިމީހުންނަށް، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަލުން ބިނާކޮށްފިނަމަ ޣައްޒާގެ އެތެރެއިން ފަރުވާ ދެވިދާނެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ސިއްހީ އުމްރާނީ ވަސީލަތްތައް ސުންނާފަތިވުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަނީ ޣައްޒާއިން ބޭރުގެ ފަރުވާއަށް ބަރޯސާވާން މަޖުބޫރުވެފައެވެ.މިދަނޑިވަޅުގައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ޣައްޒާއަށް ވަދެނިކުމެވާ ހުރިހާ ދޮރުތަކެއް ވަގުތުން ހުޅުވާލުމަށް އަލުން ގޮވާލައްވާފައެވެ. އޭނާ ވަނީ އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއަޅުއްވައި، އާންމު ރައްޔިތުންނަށް އަވަހަށް އަދި ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދޭންޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.ލިބިފައިވާ ގެއްލުންތަކުގެ މިންވަރު އިންތިހާއަށް ބޮޑެވެ. މި އަހަރުގެ ކުރީކޮޅު އދ. އާއި ޔޫރަޕިއަން ޔޫނިއަނުން އަންދާޒާކޮށްފައިވާ ގޮތުގައި ޣައްޒާގެ ތަރައްގީ ވަނީ އެތައް އަރުތަކެއް ފަހަތަށް ގޮސްފައެވެ. އަދި އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 71 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެއެވެ.ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާއިރު، ބަލިމީހުންނާއި އަނިޔާވެފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުން އަދިވެސް ތިބީ ޣައްޒާއިން ފުރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެމީހުން އުންމީދު ކުރަނީ ވަގުތު ފާއިތުވުމުގެ ކުރިން ސިއްހީ ފަރުވާ ލިބޭނެ މަގެއް ފަހިވުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް