ރާއްޖެއަށް ހަންޓާ ވައިރަހުގެ ނުރައްކާ ވަރަށް ކުޑަ: އެޗްޕީއޭ

Loading

Facebook
Twitter
WhatsApp

އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް)ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
“ މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައެއް ނުވޭ. ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް.“ އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އެ ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އެ އެޖެންސީން އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް