2021: ފުރަތަމަ ދަރިއަކު ވިހެއީ ގުއާމުގެ އަންހެނެއް

Loading

Facebook
Twitter
WhatsApp

ހުކުރު ދުވަހު ފެށުނު 2021 ވަނަ އަހަރަށް ބަލާއިރު މުޅިދުނިއެއިން އެންމެ ފުރަތަމައަށް ވިހެއީ ޕެސިފިކު ކަނޑުގެ ކުޑަ ގައުމެއްކަމުގައިވާ ގުއާމުގެ އަންހެނެކެވެ. އެ އަންހެންހެން މީހާގެ ނަމަކީ މާރލެނާ އިގްލެސިއަސްއެވެ.

އިގްލެސިއަސް ވިހެއީ 2020 ވަނަ އަހަރު ފާއިތުވެ 2021 ވަނަ އަހަރަށް ފެށުނުތާ އެންމެ 7 ސިކުންތުގެ ތެރޭގައެވެ.

އިގްލެސިއަސް ވިހެއި އަންހެން ކުއްޖާގެ ބަރުދަނުގައި ހުރީ 10.7 ޕައުންޑެވެ. ދިގުމިނަކީ 47 ސެންޓިމީޓަރެވެ.

އަންހެންމީހާ ވިހާނޭކަމަށް ލަފާކޮށްފައިއޮތީ ޖެނުއަރީ މަހު 15ގައެވެ. އެކަމަކު އޭނާ ބަނޑުގައި ރިއްސާތީ ޑިސެމްބަރ 31 ވަނަދުވަހުގެ ހަވީރު ފަހެއްޖަހަން އުޅެނިކޮށް ހޮސްޕިޓަލަށް ގެންދިޔައެވެ.

އޭނާ ވިހަން ވެއްދުމުން އެތައްބަޔަކު ބޭރުގައި ތިބީ އޭނާ ވިހާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށް ގަޑިއަށް ބަލަބަލައެވެ.

އޭނާ އަންހެން ކުއްޖަކުވިހެއީ ބަރާބަރު ބާރަގަޑި ހަތް ސިކުންތުގައެވެ. އެނާ ވިހެއި ގުދުރަތީ ވިހެއުމެކެވެ. ބޭހެއްކާންދީ އޮޕަރޭޝަނެއް ކުރާކަށް ނުޖެހެއެވެ.

އޭނާއަށް މަރުހަބާ ކިޔަން ހޮސްޕިޓަލަށް ގޮސްތިބި ޚާއްޞަ މެހުމާނުންނާއި ނޫސް ވެރިންނަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނީ ވިހެއިތާ އިރުކޮޅެއް ފަހުންނެވެ. ނޫސްވެރިން ފޮޓޯނަގައި ވީޑިއޯކޮށްހެދިއެވެ. ކޮރޯނާއިން ރައްކައުތެރިވުމުގެ ފިޔަވަޅުތައް އޮތީ އަޅާފައެވެ. އެހެންވެ ގިނަ ބަޔަކު އެތެރެއަކަށް ނުވައްދައެވެ.

ދުނިޔެއަށް 2021 ގައި އުފަންވި ފުރަތަމަ ކުއްޖަކަށް ގުއާމުގެ އަންހެން ކުއްޖަކުވުމުން އެ ގައުމުގެ މީހުން ވަރަށް ބޮޑަށް އުފާފައުޅުކޮށް ދެމައިންނަށް މަރުހަބާ ކިޔަމުންދިޔައެވެ.

އަލަށް ދުނިޔެއަށް އުފަންވި ދަރިފުޅަށް އޭނާ ދުނިޔެއަށް ނޭވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 6500 ޑޮލަރުގެ އަގު ހުރި ތަކެއްޗާއި ފައިސާ ލިބުނެވެ. އަދި އިތުރު ހަދިޔާއާއި ފައިސާގެ އިނާމު ލިބޭނޭކަމަށް އުއްމީދުކުރެވެއެވެ.

ގުއާމަކީ އާބާދީގައި 165000 އެއްހާ މީހުން ދިރިއުޅެމުންދާ ޖަޒީރާ ގައުމެކެވެ.

ނިއުޒީ ލޭންޑްގެ އަންހެނަކު ވަނީ އައު އަހަރު ފެށުނުތާ 12 މިނިޓު ފަހުން ވިހާފައެވެ. އަދި އޭގެ 5 މިނިޓު ފަހުން ނިއުޒީލޭންޑްގެ އެހެން އަންހެނަކުވެސް ވިހާފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް