​ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި މެލޭޝިޔާ އިން އަޅާފައިވާ ފިޔަވަޅުތައް މާރިޗް މަހާއި ހަމައަށް އިތުރުކޮށްފި!

Loading

Facebook
Twitter
WhatsApp

މެލޭޝިޔާ އިން ​ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް މާރިޗް މަހުގެ 31 ހަމައަށް ވަނީ އިތުރުކޮށްފިއެވެ. މެލޭޝިޔާގެ ސަރުކާރުން މިގޮތަށް ނިންމީ މިދިޔަ އަހަރާއި ހަމައަށް އެޤައުމުގެ ​ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ހަމަވުމާއި ގުޅިގެންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް އަށް ލިބިދޭ ބާރުގެ ދަށުން އެޤައުމުން ވެސް

ޥަނީ ކަރަންޓީނުގެ އުސޫލް ތަކަށާއި އާންމުން އެއްވެ އުޅުމާއި އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ޙިދުމަތް ތަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ގެނައި ބަދަލް ތަކުގެ ތެރޭގައި އެގައުމަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުންވެސް ނައިޓް ކުލަބްތަކާއި ސޯޝަލް ޑިސްޓޭންސް އަށް ބުރޫއަރާ އެންމެހާ ކަމެއްވަނީ މަނާކޮށްފައެވެ.

ހަމައެއާއެކު ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ހަދާފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ހިލާފްވާ މީހުން، 1000 މެލޭސިޔަން ރިންޖިޓުން ޖޫރިމަނާކޮށް، 6 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށްވަނީ ހަމަޖައްސާފައެވެ.

މެލޭސިޔާގެ ޕްރައިމް މިނިސްޓަރ މުހައިދިން ޔަާސީން އައު އަހަރާ ގުޅޭގޮތުން ވާހަކަ ދަށްކަވަމުން ވިދާޅުވީ ސަރުކާރުން ދަނީ ކޮވިޑް19 އިން ރަށްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަމުން ކަމަށެވެ.

މެލޭސިޔާއިން އިއްޔަ ކޮވިޑް19 އަށް ފަށްސިވެފައިވަނީ 2068 މީހުންނެވެ. ޢިއްޔެ މެލޭސިޔާއިން ކޮވިޑް19 ޖެހިގެން 3 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މެލޭސިޔަައިން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 474 އަށް އަރާފައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 115078 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 23433 އެކްޓިވް ކޭސް ހިމެނޭއިރު، 126 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް