ހަތް މީހަކު ޕޮޒިޓިވްވެ، ނިޔާމަ ރިސޯޓަށް އަރާ ފޭބުން މަނާކޮށްފި!

Loading

Facebook
Twitter
WhatsApp

ނިޔާމަ ރިސޯޓުން ހަތް މީހަކި ޕޮޒިޓިވް ވުމާ ގުޅިގެން ވަގުތީ ގޮތުން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

​އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ނިޔާމަ ރިސޯޓުން ކޮވިޑް19ގެ ކޭސްތައް ފެނުމާއެކު އެރަށް މޮނިޓަރިން ހާލަތައް ގެނައީ އިއްޔަގެ ވަގުތެއްގައި ކަމަށެވެ.

”އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ޓޫރިސްޓުންނާއި ފަސް މުވައްޒަފުން ހިމެނޭ،“ ނަޒްލާ ވިދާޅުވި އެވެ.

​އޭގެ ތެރެއިން ތިން މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމަތްތައް ފެނިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ދެން ފޮޒިޓިވްވި ދެ މުވައްޒަފުންނަކީ ކޮންޓެކްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ރިސޯޓު މޮނީޓަރިންނަށްލުމުން ސްޕްލިޓް ސްޓޭ ހެދުމާއި ސްޓާފުން އެކިތަންތަނަ ދިޔުން މިވަގުތަށް ވަނީ ހުއްޓިފައި ކަމަށާއި ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް އެރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ފައްސިވީ ހަތް މީހުން ކަމަށެވެ.

​ޑރ.ނަޒްލާ ވިދާޅުވީ މާދަމާ ދ. އަތޮޅު ހޮސްޕޮޓަލުގެ ޓީމަކުން އެ ރިސޯޓުން ރޭންޑޮމް ސާމްޕަލްތައް ނަގާނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް