އަތޮޅުތަކުގައި ތަރުކާރީއާއި މޭވާ ލިބެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

Loading

Facebook
Twitter
WhatsApp

ޙަގީގަތަކީ : ދުޅަހެޔޮ ސިއްހަތަކަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހެދުމެވެ. އެހެންކަމުން ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މޭވާގެ ބައެއް ބާވަތް ހެއްދިދާނެކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަންބާ، އަދި ބައެއް ބާވަތުގެ ތަރުކާރީ ވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތައުލީމު ބޭނުންވާކަމަކެވެ. 

ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށް ވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެއްދުމުގެ ރޮނގުން ކުރިހޯދާފައިވާތިވެ، ކަމުގެ ތަޖުރިބާކާރު މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހެދިދާނެކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަ ތަންތަނުގައި މިހާރު ދަނޑުވެރިކަމަށް ބޭނުންކުރަނީ ބިލްޑިންގުތަކެވެ. އެހެންކަމުން ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީ ތައުލީމު ދެވިއްޖެ ނަމަ މުސްތަގުބަލުގައި އެ ކުދީންނަށް ދަނޑުވެރިކަމުގެ ރޮނގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެކަމަށް ފެނެއެވެ.

       ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެކަމެއްނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއްނެތިގެން މަގުމަތިވެފައެވެ. މަސްތުވާތަކެތީގެ ވަބާއާއި ކުށުގެ ވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ޒުވާނުން ބޭކާރުވެފައި ތިބުމެވެ. އިސްވެ ދެންނެވި ފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ގިނަވެއްޖެ ނަމަ ވަޒީފާގެ ފުރުސަތު އިތުރުވާނެކަން ކަށަވަރެވެ. އަދި އެ މަސައްކަތުގެ ސަބަބުން ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރުގެ ފުރުސަތު ބޮޑުކުރެވިދާނެކަމަށް ބެލެވެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމަކަށްވާތީއެވެ. ޒުވާނުން ބިނާކުރުން ގިނަ ވާވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން  ޒުވާނުން ސަލާމަތް ކުރެވޭނެކަމަށް ފެނެއެވެ. 

       އަނެއްކޮޅުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަ ތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާޒާރު މުޅީންހެން ވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަން ފަށައިފި ނަމަ އާއްމުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކާރި  ރިސޯޓުތަކަށް ވިއްކައިގެން ދިވެހި ވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ. އިސްވެ ދެންނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމާ އެކު ތީގައި މި ދަންނަވަނީ ދަނޑުވެރިކަމުގެ ރޮނގުން ދުނިޔޭގެ ރަނގަޅު ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވު ބިނާކުރެވޭނެ ގޮތެވެ.

ހައްލު:

 ހ- ދަނޑުވެރިކަމުގެ ރޮނގުން މަތީ ތައުލީމަށް ފުރުސަތު ދިނުން

ދަނޑުވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް ދަނޑުވެރިކަމުގެ ރޮނގުން ދުނިޔޭގެ ކުރިހޯދާފައިވާ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު  ހުޅުވައިލުމެވެ.

ށ- އަތޮޅުތަކުގައި ދަނޑުވެރިކަމަށް ފަންނީ އަދި މާލީ އެހީތެރިކަން ދިނުން

ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫތައް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ވިޔަފާރި ސިޔާސަތު އަމާޒުކުރެވިފައި ހުންނަނީ އަބަދުވެސް އެސް.ޓީ.އޯ ޕުރަމޯޓުކުރުމަށެވެ. މީހުން ތަރުކާރީއާއި މޭވާ އަގުބޮޑުވާހަކަ ދައްކަން ފަށައިގެންފި ނަމަ އެސް.ޓީ.އޯ މެދުވެރިކޮށް ކިތަންމެ ބޮޑުއަގެއް ދީގެން ވެސް އެތަކެތި ގެނަސް ރާއްޖެއަށް އޮއްސާލުމެވެ. ނަމަވެސް އެއީ ހައްލެއްނޫނެވެ. ހައްލަކީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިހުންނަ ކަންތަކަށް ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީގެން ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.   

ނ- ގަސް އިންދުމުގެ މަޝްރޫޢުތަކުގައި މޭވާއާއި ތަރުކާރީއަށް އިސްކަންދިނުން

ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުމެވެ.

Loading

One Response

Leave a Reply to މުޙައްމަދު މޫސާ Cancel reply

ފަހުގެ އަޕްޑޭޓް