ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަރަން ހުކުމް ކޮށްފި

Loading

November 17, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބަންގްލާދޭޝްގައި އިދިކޮޅުފަރާތްތަކުން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ މުޒާހަރާތަކާގުޅިގެން ސަރުކާރު ސިފައިން ބަޑިޖަހާ އެއްހާހަށްވުރެގިނަ މީހުން މަރުވެފައިވާ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ޝޭއިހް ހަސީނާ ގެ މައްޗަށް ކުށްސާބިތުވެ މަރަން ހުކުމް ކޮށްފިއެވެ.

ހަސީނާގެ މައްޗަށް ޝަރިއަތް ކުރެވިފައިވަނީ ޚާއްސަ ޓްރައިބިއުނަލް އެއްގައެވެ. އަޑުއެހުން ތަކުން ހާމަވެފައިވާ ގޮތުގައި ކިޔަވާކުދިން އިސްވެ ފެށި އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވި މީހުން ތެރެއިން 1400 މީހުން ވަނީ ބަޑިޖެހުމުގެ ސަބަބުން މަރުވެފައެވެ. މިއަދަދު ވަނީ އދން ވެސް ކަށަވަރު ކޮށްދީފައެވެ.

ޝެއިހް ހަސީނާ މަރަން މިއަދު ހުކުމް އިއްވުމުން އެކަމަނާ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ހިންގުނީ އެއްފަރާތަށް ޖެހިފައިވާ ޝަރީއަތެއްކަމުގައެވެ.އަދި އެއީ ސިޔާސީ މަގްސަދެއްގައި ކުރިކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. ޝެއިހް ހަސީނާގެ މައްޗަށް ޝަރީއަތް ކުރެވުނީ ޣައިރު ހާޒިރުގައެވެ.

  މިދިޔައަހަރު ގައުމު ދޫކުރައްވާ ވަޑައިގެންނެވި ފަހުން ޝެއިހް ހަސީނާ އުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ.

ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު އިދިކޮޅު ފަރާތްތަކެއް ވަދެ ކޯޓުވަނީ ފުރާލާފައެވެ. އަދި ހުކުމް އިއްވި ވަގުތު އުފާފާޅުކުރުމުގެ ގޮތުން ހަޅެއްލަވާ އަޑުގަދަ ކޮށްފައި ވެއެވެ.

ޝެއިހް ހަސީނާއާއި އެކުއެކީ ކުރީގެ އިންޓިރިއަރ މިނިސްޓަރާއަދި ޕޮލިސް ޗީފްގެ މައްޗަށް ވެސް ވަނީ ހުކުމް އިއްވާފައެވެ.އެދެމީހުންގެ މައްޗަށް ސާބިތުވެފައިވަނީ އާންމުންނާއިދެކޮޅަށް ލީތަލް ވެޕަން ބޭނުންކުރުމާއި އަދި އާންމުންނަށް ކުރިމަތިވި ނުރައްކާތަކުން ސަލާމަތް ކުރުމަށް ކަމެއް ނުކުރި މައްސަލައެވެ.

ހަސީނާގެ ފަރާތުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި މި ޙުކުމް އިސްތިޢުފާނު ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

Loading

3 Responses

    1. އަސްލުވެސް. ހާދަ ބައެކޭ ޖަލުގައި ގެއްލުވާލީ. އަދި ނުކުރާކަންތައް އެއްބަސް ކުރުވަން އާދަމް ޒާހިރުމެން ޖައްލާދުންލައްވާ ބޮޑެތި އަނިޔާދީ އެއްބަސް ކުރުވަން އަހަރުދުވަސް ވަންދެން ދޫނިދޫ ކުޑަގޮޅީގައި ބާއްވާ އަދި ނުވިތާކަން ރޭގަނޑު ދޫނިދޫ މޫދައްނެރެ ކަރުތާފެނުގައި ބައިތިއްބާ ކަރުގޮހޮރު ފަތި ކަރުގައި އަޅުވާ އަދިވެސް ނުވިތާކަސް ސްޕީޑް ލޯންޗްގައި ވާޖަހާ މޫދަށް އެއްލައިލާ ދަމާ މަރުނުވަން ބޭނުމިއްޔާ އެއްބަސްވާށޭ ގޮވާ އެއްބަސްކުރުވައިފާ ވެއެވެ. އެހެނަސް އެފަދަ އަނިޔާވެރި ޖައްބާރު ވެރިޔާއަށްވެސް އެދިނީ ދައުލަތުގެ އައްޑަނައެވެ. އެއިރަކު ހުންނަ ވެރިޔަކު ރުނުނީމާ ދެން އެވީ. ކޮންކަހަލަ އެގެއްނެތް އޮރިޔާ ދައުލަތަކަށްތޯ އެ ހަދާލަނީ އަދި ފޭކްގެ މައްޗަށް ފޭކް ނޫންތޯއެވެ؟؟ޝ

  1. މީނަވެސް މިއީ ހަމަ ޓްރަމްޕް ކަހަލަ މީހެކެވެ. ތަފާތަކީ ޓްރަމްޕް މަރާނީ އެހެން ގައުމުތަކުގެ މީހުނެވެ. މިކަމަނާއަށް މަރަން ލިބުނީ ރަށުގެ މީހުނެވެ. ކުރީ އެއްކަމެކެވެ. ނަމަވެސް މިއުޅެނީ ތަނުގެ ތަފާތެވެ. މިހާރުގެ އިނަސާފަކީ ވެރިކަމުގައި ހުރެ ހިންގުނުހާ ޖަރީމާއެއް ހިންގާފާ ސަލމަތުން އެހެން ރަށަކަށް ހިޖުރަކޮށްލައިގެން އުޅުމެވެ. މޯދީ ސަރ މި އަނިޔާވެރި ކަމަނާޔަށްވެސް ރައްކާތެރިކަން ދޭނެ ކަމަށް ފެނެއެވެ.

Leave a Reply to Fahudh Cancel reply

ފަހުގެ އަޕްޑޭޓް