އުމުރުފުޅުން 92 އަހަރުގައި ރައީސް ކަމުގެ އިތުރު ދައުރަކަށް

Loading

Facebook
Twitter
WhatsApp

ސެންޓްރަލް އެފްރިކާގެ ގައުމެއް ކަމަށްވާ ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިއެވެ.

އަށްވަނަ ދައުރަކަށް ހޮވަވަޑައިގެންފައިވާ އުމުރުން 92 އަހަރުގެ ބިޔާއަކީ މިހާރު ވެސް ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ހެޑް އޮފް ސްޓޭޓް އެވެ.
އޮކްޓޯބަރ 12 ވަނަ ދުވަހު ބޭއްވުނު އިންތިހާބަށްފަހު ހޯމަ ދުވަހު ނަތީޖާ އިއުލާން ކުރިއިރު ރައީސް ބިޔާ އަށް ވޯޓުގެ 53.7 އިންސައްތަ ލިބިވަޑައިގެންފައިވާ ކަމަށް އިއުލާން ކޮށްފައި ވެއެވެ. އޭނާޔާ އެންމެ ގާތުން ވާދަ ކުރެއްވި ބާކަރީ އަށް ލިބިވަޑައިގެންފައިވަނީ 35.2 އިންސައްތައެވެ. ރަނގަޅު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ބެލެވިފައި އޮތް ބާކަރީ އަށް ލިބިވަޑައިގެންފައި ވަނީ ވޯޓުގެ 35.10 އިންސައްތައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބިޔާގެ ސަރުކާރުން ވަނީ ވޯޓު އޮޅުވާލާ ފައެވެ. ނަމެވެސް ސަރުކާރުން އެ ތުހުމަތު ދޮގުކުރެއެވެ.
43 އަހަރު ވެރިކަން ކުރެއްވުމަށްފަހުވެސް އިތުރު ހަތް އަހަރުގެ ދައުރަކަށް ބިޔާ ކުރިމަތި ލެއްވީތީ ވަރަށް ބޮޑަށް ފާޑުކިއުންތައް އައިސް ގިނަބަޔަކު ނުރުހުން ފާޅު ކޮށްފައި ވެއެވެ. އެއީ ހަމައެކަނި އޭނާގެ ދޮށީ އުމުރުގެ ސަބަބުންނެއް ނޫނެވެ. ވެރިކަން ކުރައްވާ ގޮތާ އުސޫލުތައް ގިނަ ބަޔަކު ބަލައި ނުގަންނާތީއެވެ.
ރައީސް ބިޔާ އަކީ ގައުމުން ބޭރުގައި ،ޚާއްސަކޮން ޖެނީވާފަދަ އަގުބޮޑު މަންޒިލްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ ބޭފުޅެކެވެ. އެހެން ކަމާއެކު ހަގީގަތުގައި ސަރުކާރުގެ ނިންމެވުންތައް ނިންމަވަނީ އޭނާތޯވެސް ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު ސައުތު އޮފް ފްރާންސްގައި ހުންނަ ދެވަނަ ބޮޑުހަނގުރާމަޔާބެހޭ މަރުކަޒުގައި ތަގްރީރު ކުރެއްވުމަށްފަހު ޖެހިގެން އައި މަހު ޗައިނާ އެފްރިކާ ސަމިޓްގައި ބިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ހަމަސް ދުވަސްވަންދެން ވީތަނެއްވެސް ނޭނގި ”ގެއްލިފައި“ ވެއެވެ. އެހެން ކަމުން ބިޔާ ގެ ސިއްހީ ހާލުކޮޅު ރަގަޅުތޯވެސް ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ.

ކެމަރޫންގެ ރައީސްގެ މަޤާމަށް ބިޔާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައި ވަނީ 1982ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ވެރިކަމުގައި ދެމިހުންނެވީ އޭނާއެވެ.
އޮކްޓޯބަރު 12 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ މެދު އާންމުން ނުރުހުންވެ އާންމުންނާއި ކެމަރޫންގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ދަނޑިބުރިއާއި ގައު ބޭނުންކޮށް މަގުތަކުގައި ޙަރަކާތްތެރިވެ، މަގުތައް ބަންދުކުރަމުންނެވެ. މުޒާހަރާ ރޫޅާއިލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވެއެވެ.
އެހާތަނަށް ދުނިޔޭގައި ހުންނެވިނަމަ، އިތުރު ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ބިޔާގެ އުމުރުން 100 އަހަރު ފުރުމާ ގާތްވަންދެން އޭނާއަށް ވެރިކަމުގައި ދެމިހުންނަވާނެއެވެ. އިންތިޚާބާ ގުޅޭގޮތުން އޭނާ ވިދާޅުވީ ނަތީޖާއިން ފެނިގެންދަނީ ޤައުމުގެ ކަންކަމުގައި އިސްނަގައި ޤައުމު ހިންގުމަށް އޭނާއަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ކަމަށެވެ. އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޤައުމުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާމެދު ހިތާމަކުރައްވައި ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

Loading

One Response

Leave a Reply to ގާގަބުރު Cancel reply

ފަހުގެ އަޕްޑޭޓް