ޖަޕާންގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒިރުގެ މަގާމަށް ހޮވިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޖަޕާންގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންފިއެވެ. އަންގާރަދުވަހު ހެނދުނު ޖަޕާންގެ ރައްޔިތުންގެ މަޖިލީހުގެ ދެގޭގައިނެގުނު ވޯޓުގެ ތެރެއިން ސަނާއީ ޓަކައީޗީ ކާމިޔާބު ކުރައްވާފައިވަނީ މަތިގޭގައި ނެގުނު ވޯޓު، 125 ވޯޓުން، އަދި ދަށުގޭގައި ނެގުނު ވޯޓު، 237 ވޯޓުންނެވެ.

އުމުރުފުޅުން 64 އަހަރުގެ ޓަކައީޗީ އަކީ ”އަޔަން ލޭޑީ“ ގެ ނަމުން މަޝްހޫރު އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗަރ އަށް ވަރަށް ތާއީދު ކުރައްވާބޭފުޅެކެވެ.އަދި އެކަމަނާ ގިނަ ބަޔަކު ދަންނަނީ ”ޖަޕާނުގެ އަޔަން ލޭޑީ“ ގެ ނަމުންނެވެ. މީގެ އިތުރުން ސަނާއީ ޓަކައީޗީ އަކީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގެ މަގުދެއްކެވުމުގެ ދަށުން ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

މިއީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށް ސަނާއީ ޓަކައީޗީ ވާދަކުރެއްވި ތިންވަނަ ފަހަރެވެ.އަދި އެކަމަނާއަކީ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީން ފަސްއަހަރުގެ ތެރޭގައި ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވި ހަތަރުވަނަ ބޭފުޅާއެވެ. ޓަކައީޗީ ފުރުއްވާފައިވާ މަގާމް ތަކުގެތެރޭގައި އިންޓަރނަލް އެފެއާސް މިނިސްޓަރ ކަމާއި އިކޮނޮމިކް ސެކިއުރިޓީ މިނިސްޓަރުކަން ހިމެނެއެވެ.

ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެނެވުމުން އެކަމަނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު އެއް ކަމަކަށް ވާނީ ޖަޕާންގެ ވެއްޓެމުންދާ އިގްތިސާދު އަލުން ވަރުގަދަ ކުރުމާއި،  އެމެރިކާއާއި އެކު އޮތް ގުޅުން ރަގަޅު ކުރުމާއި އަދި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ(އެލްޑީޕީ) ގެ އެތެރެ ވަރުގަދަ ކުރުމެވެ.

ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ހޮވުމަށް އަންގާރަ ދުވަހު ބޭއްވުނު ވޯޓަށް ފަހު މިހާރުގެ ކެބިނެޓް އުވާލާ އަދި އައު ކެބިނެޓެއް އެކުލަވާލެވޭނެއެވެ. އަދި މުޅި ކެބިނެޓް އެއްކޮން އިމްޕީރިއަލް ޕެލަސް އަށް ގޮސް އެމްޕެރާގެ އަރިހުން ކެބިނެޓްގެ ފުރަތަމަ ބައްދަލްވުން ބޭއްވުމުގެ ހުއްދަ ހޯދާނެއެވެ.

ސަނާއީ ޓަކައީޗީ އަކީ އަންހެން ބޭފުޅެއް ނަމަވެސް އެކަމާއަކީ ގިނަ ފިރިހެން ބޭފުޅުންނެކޭ އެއްފަދައިން އިހުގެ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅެއްކަމުން ޖަޕާނުގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް އިތުރު މަސައްކަތް ތަކެއް ކުރައްވަފާނެ ކަމަށް ނުބެލެވޭ ކަމަށް ޖަޕާނުގައި ނެގެމުންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.

Loading

One Response

  1. ރާއްޖޭގައިވެސް ތިހެންވާންވީ. މިއުޅޭ ފިރިހެނުންތަކަކަށް ވައްކަމާއި ފަސާދަ ނޫން ކަމެއް ނުކުރެވުނެވެ. ރަނގަޅު އަންހެން ކަމަނައެއް ހޯދަމާތޯއެވެ. އަނީސާ ރަނގަޅުވާނެއެވެ. ނަމަވެސް ތަންކޮޅެއް މުސްކުޅިވެއްޖެކަމަށް ފެނެއެވެ. ހަމަ ގައިމުވެސް މާރިޔާ އެއް ނޫނެވެ.

Leave a Reply to ހައިދަރުބެ Cancel reply

ފަހުގެ އަޕްޑޭޓް