ހަމަހަމަ ކަމާއެކު ރައްޔިތަކަށް މިގައުމުން އިންޞާފު ލިބިދާނެ ކަމަށް ގަބޫލުކުރަންތޯ

Loading

September 16, 2025
profile
Facebook
Twitter
WhatsApp

މިސަރުކާރުގެ އިސްމަގާމު ތަކުގައާއި މަޖިލިސްގެ މެން ބަރުންގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެފައިވާ އެތަކެއް ބޭފުޅުން ތިބިކަމީ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެނަސް އިމިގްރޭޝަން ކުރީގެ ވެރިޔާ ޝަންމާން ވަޙީދު ގެ މައްޗަށް ސާބިތު ނުހިފޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެމަނިކުފާނު މިހާރުވެސް އެހުންނެވީ ޖަލުގައެވެ. އިންސާފަކީ އެއިރަކު ވެރިކަނުގައި ތިބި ބަޔެއްގެ ހެޔޮފުޅުކަމުން ބޭނުން ގޮތަކަށް ބޭނުން ބަޔަކަށް ދެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ.

މިސަރުކާރުގެ ވެރިންގެ ތެރޭގައި މޯލްޑިވްސް ގޭސްގެ އެމްޑީ ޢަބުދު ﷲ މުޙަމަދަކީ ކޮރަޕްޝަންގެ ތުހުމަތުކުރެވި އޭސީސީ އިން ބަޔާން ނެރެފައިވާ ފަރާތެކެވެ. އެހެނަސް އެބޭ ފުޅާ އަދިވެސް ހުންނެވީ މަގާމުގައެވެ.

ހަމައެހެންމެ ހީނާވަލީދު އާއި ބާރަށު ދާއިރާގެ މަޖިލީހުގެ މެންބަރު އިބުރާހިމް ސުޖާ އާއި އެޗްޑީސީގެ ކުރީގެ އެންޑީ ފަޒުލްގެ މަށްޗަށްވެސް ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ގިނަމައްސަލަތަކެއް އުލާފަ ފައެވެ. އެހެނަސް އަދި މިހާތަނަށް މިއިންބޭފުޅަކު ޖަލަށް ނުލާތާއިގައި ދައުލަތުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ފުރިހަމަ ތަޙްގީގެއްވެސް ނުކުރެއެވެ. ފަޟުލް ރަޝީދުގެ މައްޗަށް ވެސް ކޮރަޕްޝަނާއި ފަސާދައިގެ އެތައްމައްސަލައެއް ފެންމަތިވެފައެވެ. އެހެނަސް އެބޭފުޅުން އެތިއްބެވީ ފިނިކޮޓަރީގައި ވިޔާފާރި ކޮށްކޮށެވެ.
އެކަމަކު ޝަންމާން ވަޙީދު އިންނެވީ ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައެވެ. މިއަށްވެސް ކިޔަންވީ އިންޞާފުތޯއެވެ. ހާދަ ނުލަފާ ސިޔާސަތެކެވެ!

ބޮޑުޢަދަދުތަކުން ޚިޔާނާތް ތެރިވުމަކީ ސަރުކާރުގެ ރުހުންލިބި މަތީމަގާމް ތައްލިބުމަށް ހުޅުވިގެންވާ ދޮރެއްތާއެވެ.
މިއިން ކޮންމެ މައްސަލައެއްވެސް އެސީސީއިން ބަލަމުން ދާކަމަށް ބުނެތެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކާ އަދި ސުވާލުވެސް ނުކުރައްވާކަމަށް އެސީސީއިން ބުނެއެވެ.

ބާރަށު ދާއިރާގެ މެންބަރުގެ ޝުޖާ މައްސަލައެއް މޯލްޑިވްސް ޕޮލިސްސާވިސްއަށް ވެސް ހުހެޅިފައިވެއެވެ. އެހެނަސް އަދި މިހާތަނަށް ސުވާލެއް ކުރެއްވިކަމެއް ނޭނގެއެވެ. އެހެންކަމާއެކު މިސަރުކާރުން އަދުލުއިންޞާފުގެ ދާއިރާއަށް އަތް ނުބާނުއްވާކަމަށް ރައީސް ވިދާޅުވި ނަމަވެސް ރައްޔިތުންނަށް ކަންހިނގާގޮތް ވަރަށް ސާފުތާއެވެ.

މިގައުމުގެ ރައްޔިތުން އެބައިމީހުންގެ މުދަލާއި ފައިސާ ބެލެހެޓުން ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ ހައްގުތަކާއި ފައިސާ އަމާނާތް ތެރިކަމާއި އެކުގައި ބަލަހަށްޓަވައި ދެއްވާނޭ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ހުވާކުރައްވާފައެވެ.

އެހެނަސް ރައްޔިތުންގެ ފައިސާއަށް ޚިޔާތެރިވާ ސަރުކާރުގެ މަގާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ވެރިން ( ރައްޔަތުންގެ ޚާދިމުން ) ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެއްޖެކަން ފަޅާއެރުމުން އެބޭފުޅަކަށް ކުރިއަށްވުރެ މަތީމަގާމާއި ޢިއްޒަތުގެ ޝަރަފު ލިބި މިދެކެނީ ކީއްވެތޯއެވެ.

މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަމަލު އެކުރައްވަނީ އެމަނިކުފާނަށް އެބޭފުޅުންގެ ފަރާތުން ކޮންފަދަ ނާޖާއިޒު ފައިދާއެއް ލިބިވަޑައިގެންތޯ ރައްޔަތުން އެބަ ސުވާލު އުފައްދައެވެ. މިކަމާ އަންތަރީސް ނުވާ ރައްޔިތަކު ހުރިހެން ހީއެއް ނުވެއެވެ. އެހެންކަމުން ރައީސާއުމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމުގައި ދަންނަވަން ޖެހެއެވެ.

ސަރުކާރުތަކުން ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ ބައެއް ރައްޔިތުން ނުޙަގުން ޖަލަށްލައި މުޅިދިރުއުޅުން ބަނގުރޫޓް ކޮށް ބައެއް ބޮޑެތި ޚިޔާނާތްތެރިން ހެވިފާ ޖެހިކުނެއް ނެތި މުޖްތަމައުގައި އުޅެމުންދާތީ ކަންބޮޑުވަމެވެ.

އަދި ކުރިމީ ސަރުކާރުން ކުރީގެ މިފަދަ ކަންކަން ބަލައި ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަށްޓަކައި އިންތިގާލީ އޮފީހެއް ހުޅުވައި އެމައްސަލަތައް ބަލައި އަނިޔާ ލިބުނު ފަރާތްތަކަށް ދައުލަތުން ބަދަލު ދިނުމަށް އަންގާ މައްސަލަތައް ނިންމާފައި ވީނަމަވެސް މިހާރުގެ ރައީސް އެކަމުގައިވެސް ބީރުކަންފަތެއް ދެއްވައިގެން ހުންނެވުމަކީ ބައެއްގެ ޙައްގުތައް ލިބި ނުދިނުމަށް އަޅުއްވާފައިވާ ހުރަހެއްކަމުގައި އެފަދަ އަނިޔާ ލިބިފައިވާ މީހުން ދެކެއެވެ. މިކަންކަމަކީ ރައީސް މުޢިއްޒު އާއި ހަމަޔަށް ނުގެންގޮސް، ކަމާއި ޙަވާލުވެ ތިބި ބަޔަކު ޙައްގު ހޯދައިދިނުމަށް ފިޔަވަޅު ނާޅާ ތިބޭ ތިބުމެއް ކަމަށްވެސް ވެދާނެއެވެ.

ރައީސް އެހެއްދެވި ސިވިލް ރައިޓްސް އޮފީހުގެ ބޭނުމެއްވެސް ނެތެވެ. އޮފީސް ހިންގޭ ވަރަށް މުޢާއްޒިފުންނާއި ބަޖެޓް ނެތޭ ބުނެފައި އެތިބެނީ އެވެ. މަހުން މަހަށް އެމީހުންތައް މުސާރައާއި ޢިނާޔަތްތައް ނަގައެވެ .
ޖުމްލަކޮށް ދަންނަވަންތޯ އަދުލް އިންސާފަކީ ބޭނުންފުޅު ގޮތަކަށް މޮޑޭ ފުށްގަނޑަށް ހައްދަވަން ހެޔޮނުވާނެ އެވެ.

Loading

3 Responses

  1. ނުވާނެތިކަމެއް ވެރިކަމަށް އައިތާ ދެއަރު ނުވަނީސް ރައިޔަތުންގެ މުދަލާއި ފައިސާއިން ވަށްކަންކޮއް މިލިއަނުން ކަޓުޖައްސަމުން އެދަނީ ދެންކިހިނެއް ރަގަޅުވާނީ

  2. ނުވާނެތިކަމެއް ވެރިކަމަށް އައިތާ ދެއަރު ނުވަނީސް ރައިޔަތުންގެ މުދަލާއި ފައިސާއިން ވަށްކަންކޮއް މިލިއަނުން ކަޓުޖައްސަމުން އެދަނީ ދެންކިހިނެއް ރަގަޅުވާނީ

Leave a Reply to Shahumath Cancel reply

ފަހުގެ އަޕްޑޭޓް