މާލޭގެ މޭޔަރަކަށް ޑޮޓަރ މުޙައްމަދު މުޢިއްޒު ހުންވި ދުވަސްވަރު ގާނޫނައި ޚިލާފަށް ވިއްކާފައިވާ މާލޭގެ އެކި ސަރަޙައްދުތަޖުގައި ހަދާފައިވާ ޕާކިންސްލޮޓްތައް ރައީސުލް ޖުމްހޫރިއްޔާ މުޢިއްޒު އަތުލައްވައިފިއެވެ. މިހެންވުމުން ގިނަބަޔަކު ކިޔާނީ އެއީ ރިޝްވަތު ނަންގަވައިގެން ހިންގާފައިވާ ބޮޑު ކަރަޕްޝަން ގެ ޢަމަލެއް ކަމަށެވެ.
ކުރީގެ މޭޔަރ މުޢިއްޒުވަނީ ޕާކިންގ ސޮލޮޓްތައް ވިއްކި މީހުންގެ އަތުން ރިޝްވަތުވެސް އަތުލައްވާފައިވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެން ކަމުން މޭޔަރ މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވާ މަގާމުގެ ނުފޫޒު ބޭނުންކޮށް އެހިންގި ޖަރީމާތަކަށް ރައްޔިތުންނަށް އިންޞާފު ލިބެން ޖެހެއެވެ. ވެރިކަމަކީ ޑރ. މުޢިއްޒުގެ ވެރިކަމެއް ނޫނެވެ.
ވެރިކަމަކީ ރައްޔިތުންގެ މިލްކެކެވެ. ރައްޔިތުން އެމިލްކިއްޔާތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ބަލަހައްޓައި ޚިދުމަތް ދިނުމަށްޓަކައި ޙަވާލު ކުރި ފަރާތަކީ ޑރ. މުއިއްޒެވެ.
އެހެން ކަމާއެކު މޭޔަރމުއިއްޒު މާލޭގެމޭޔަރކަމުގައި ހުންނެވި އިރު ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އެންމެހައި ކަންކަން އިންޞާފުވެރި ކަމާއެކު ދެފުށްފެންނަހެން ތަޙުގީގު ކުރައްވާ މޭޔަރ މުޢިއްޒުގެ އެމަގާމުގައި ހުންނަވާ ގާނޫނީ ހުދޫދުން ބޭރުން އެކިޔާ ގޮތަށް ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ޝަރީޢަތަށް ހުށަހަޅުއްވަން މުޢިއްޒުގެ ނަންފުޅު ކްލިއަރ ކުރައްވަން ޖެހެއެވެ. ނޫންނަމަ ޖަވާބުދާރީ ކުރެއްވުމަށް އިދިކޮޅު ފަރާތް ތަކުން ތައްޔާރުވަމުން ދާކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.
ދައްކަވާ ވާހަކަފުޅު ތަކުން ރައީސް މުޢުއްޒަކީ އެމަނިކުފާނުގެ ނަޒަރުގައި ގާނޫނު އަސާސީ ގެ ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެނަސް ޢަބުދުއްރަޙީމު މުޝީރުކަމުން ދުރުކޮށް ސީރިޔާގެ މިހާރުގެ ރައީސް ޖައުލާނީއަށް ތަބަޢަވާ ބަޔެއްގެ ލަފާގެ މަތިން ރައީސްމުޢިއްޒު އެވަނީ ގައުމު ހިންގަން ފަށްޓަވާފައޭ އަޅުގަނޑުގެ ހިތައް އަރައެވެ. އެހެންކަމުން މީޑިއާ އުލުބޭންދުމުގެ ބިލަކީ ގޮތްބަލާލުމުގެ ބޭނުގައި ރައީސް މުޢިޒު ސީދާއަޑީގައި ހުންނަވައިގެން ޢާންމު މެންބަރަކު ލައްވާ ރައްޔިތުންގެ މަޖިލީހަށް ވައްދަފައިވާ ބިލެކެވެ. ރައްޔަތުންނަށް ކިތަންމެ ބޮޑު އަނިޔާއެއް ދީގެންވިޔަސް އަދި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެގެން ވިޔަސް ބޭނުމަކީ މަގުޞަދު ޙާޞިލް ކުރުމެވެ.
މުޢިއްޒުގެ މޭޔަރު ކަމުގެ ދުވަސްވަރު ބޮޑެތި ޢާއިލާތަކަށް ތިން މިލިނުން ހަތަރު މިލިއަން ރުފިޔާ ބެއްސެވިކަމުގެ އަޑުތައްވެސް ވަނީ ފެތުރި ގަދަވެފައެވެ. އެނގިފައިވާ ގޮތުގައި މިދެންނެވި ފައިސާއަކީ ރިޔާސީއިބްތިޚާބުވޯޓް ހޯދަން ކުރިއާ ލާ ކުރި ކެމްޕޭނެކެވެ.
އެހެނަސް ޕޯޑިއަމްތަކަށް އަރުއްވާ ވާހަކަފުޅު ދެއްކެވީ ރައީސް ޔާމީން ވެރިކަން ހޯދައިދިނުމުގެ ވާހަކަފުޅެވެ. ފެނިގެން ދިޔައީ މުނާފިގުން ކުރާކަހަލަ ވަރަށް ހެއްވާ މަންޒަރެކެވެ.އެއްއަތުގެ އިޝަރާތުން ރައްޔިތުން ތެދުވާން އަމުރުކޮށް އަނެއްއަތުގެ އިޝާރާތުން އިށީނަން ބުނާތަނެވެ.
އެހެންކަމާއެކު މިރައީސްމީހާ މިހާރު އެ އުޅުވަނީ އަމިއްލަފުޅަށް ސީރިޔާގެ ރައީސް ޖައުލާނީއަށް ވެގެންކަން ކަށަވަރުވެއްޖެއެވެ. ޖައުލާނީއަކީ ދީނީ ހަރުކަށި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ޖިހާދީން އެކުލެވޭ ހަނގުރާމަވެރި ޖަމާއަތެއްގެ ރައީސްވެސް މެއެއެވެ. އެހެނަސް މިރާއްޖޭގައި
ޖައުލާނީ ކުރާފަދަަ ހަރުކަށި ވެރިކަމެއް ދެނެއް ނުކުރެވޭނެ އެވެ. ޢަބުދުއްރަހީމު މުޝީކަމުން ދުރުކޮށްލެއްވީވެސް ޖައުލާނީ ކުރައްވާފަދަ ވެރިކަމެކުރުމުގެ ބޭނުމުގައޭ އަޅު ބައެއް މެމަނަރުން އެބަ ބުނެއެވެ. ވެރިކަން ކަށިޔާރުކޮށް ނަމަވެސް، ލިބުމުން މިގަންނަން ފެށިގަނޑު ތަކެއްގެ ސަބަބުން މިރައީސްއަވަނީ ހަރުކަށި ސިޔާސީ މީހުންގެ ތެރެެއިންކަން ރައްޔިތުންނަށް ދާދި އަވަހަށް އެނގޭނެއެވެ.
ރައީސް މުޢިއްޒު މިހިނދު ލަފާހޯއްދަވަނީ އަލަށް އުފައްދައިގެން އުޅޭހަރުކަށި މފިކުރުގެ މަޒުހަބަށް ތަބަޢަވާ މީހުންގެ ފަރާތުން ކަމަށްވެސް ބައެއް މީހުން ބުނަމުން ދެއެވެ. ވެރިކަމަށް އައުމަށް ކުރިއެއްވެސް ވަޢުދެއް ނުފުއްދި އަދިވެސް އިތުރު ވަޢުދުތައް ވަމުން ގެންދެވުމާއި، ވެރިކަން އާތުލައި ގަތުމަށް ހެއްދެވި ދޮގުތަކާއި އުކުޅުތަކާއި ބޭޒާރުވެ ޖެއްސެވި ހުރީ ސްޓަންޓެއް ރައްޔިތުންނާއި ޕީޕީއެމްގެ ބިޔަ ލަސްކަރަށް ފަޅާއަރައިފި ވުމުންނާއި އެކު މިވެރިކަން ނިމުމުގެ ވަގުތު ގާތްވެއްޖެ ކަމަށް ގިނަބަޔަކު ދެކެން ފަށައިފިއެވެ.
މާލޭ ސަރަޙައްދުގައި ހަދާފައިވާ ޕާކިންގ ސްލޮޓްތަކަކީ ކުށްޔަށް ދެވޭނޭ ތަންތަން ނޫންކަމަށް އޭޖީ އޮފީހުންވެސް މިހާރުއެވަނީ ކަނޑައަޅާފައެވެ. އަދި އެޕާކިން ސްލޮޓުތައް ނަގައި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް އެތަންތަން ދޫކުރުމާއި ބެހޭ ގޮތުން ސިޓީކައުންސިލުން ދަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ވާހަކަ ދައްކާ މަޝްވަރާކުރަމުންނެވެ.
ކުރީގެ މޭޔަރ މުޢިއްޒު ގާނޫނާއި ޚިލާފަށް ޕާކިންގ ސްލޮޓްތައް ވިއްކާފައިވަނީ ރިޝްވަތުނަންގަވައި ގެން ކަމަށްބުނެ އަދި އިތުރުއެހެންވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ވަނީ އޭސީސީއަށް ވައްދައިފައެވެ. އެހެން ކަމާއެކު ރައްޔިތުން މުޢިޒު ނޫންގޮތެއް ހޯދަން ޖެހޭކަމަށްބުނެ އިދިކޮޅުން ވެސް ބަސްނޭހުމުގެ ޙަރަކާތަކަށް 3 އޮކްޓޯބަރ އަށް ތައްޔާރުވަމުން އެބަދެއެވެ.
މި ސަރުކާރުން ދައުލަތް ލޫޓުވާލައިފި ކަމަށް އިދިކޮޅުން ގޮވާ ނަގަނީއެވެ.އެހެން ކަމާއެކު ރައްޔިތުން މަޑުން ނުތިބޭނޭ ކަމަށް ބުނެއެވެ.
ސަރުކާރުގެ ހަރުކަށި އަދި ރައްޔިތުންނަށް ދަތި ސިޔާސަތުގެ ސަބަބުން މިހުރިހާ ޚިޔާނާތާއި ނުކިއްސަރު ސަބަބުން ރައްޔިތުން މަގުތަކަށް ފެތުރިގަތުން މާލަސްވެސް ވެއްޖެކަމަށް ބުނާއަޑުތައް މިވަނީ އިތުރުވެފަ އެވެ.
ސުވާލަކީ މުއިއްޒު ނޫންގޮތެއް ޖައްސައިގެން ބަދަލެއް އައުމުން ވަކިން އިތުރު ރަނގަޅެއް ވާނެބާވައެވެ. އެހެން މިބުނީ މިހާރުގެ ސަރުކާރުން އިބޫޗޯރު ޖައްސާއިގެން، އިންޑިޔާ އައުޓް ޖައްސައިގެން ވެރިކަން ބަދަލުކޮށްފައިވާއިރު ރައްޔަތުމީހާއަށް ދިމާވެފައި މިވަނީ އިތުރު އުނދަގުލާއި ދުއްތުރާލާއި ނިކަމެތި ކަމަށްވާތީ އެވެ.
![]()

5 Responses
Fahala Saeedhakah NeyngeythaVakiMuhdhakahDhin Thanthanehkamehn
Verandah koffaivvaa nuvatha kurivifaivaa nuran’galhu kanthaththakuge vaahaka a’ammukooh faalhu kurumakee jareemaaeh kamashaai hamanujehun ufedhumah magufahivumuge furus’athu oiy kamakah vaathee dheenugaugai manaa kuravvaafaivaa Kames kamah Gina i’lmuverin vidhaalhuvey.
މިއީ ދެމީހެއްތޯއެވެ؟ އަޖައިބުން ޙައިރާން ވެއްޖެއެވެ.
ފަހަލަ ކީއްވެ އަބަދު ރައީސް މުއިއްޒުގެ ފަތިފުށް ކިޔާނީ. ބައެއް ދޮގާއިވެސް އެކު. ހުރިހާ ނުބަޔަކީ މުޢިއްޒު ތޯ؟
އެއްފަރާޔަށް ބުރަވުމާއި ހަސަދައިގާވެސް މިންވަރެއް އޮންނަންވާނެއެވެ. ލިއުންތެރިކަމުގައި ހުންނަންޖެހޭނީ ބިނާ ކުރަނިވި ފާޑުކިއުމެވެ. މިލިއުން ސަންދާނުގެ މަގްސަދުތެރެއަކަށް ނުފެތެއެވެ. މިފަދަ ލިއުންތަކުން ސަންދާނުން ބޭނުންވާ މަގްސަދުވެސް ހާސިލެއް ނުކުރެވެއެވެ. މި ބާވަތުގެ ލިއުންތައް ޝާއިއު ކުރެއްވުމުގައި އިތުރަށް ވިސްނެވުމަށް ސަންދާނުގެ މަސްއޫލުވެރިންނަށް ދަންނަވަމެވެ.