ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިއްޖެ

Loading

September 8, 2025
profile
Facebook
Twitter
WhatsApp

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރެވިގެންދާނެ“ މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އަދި ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލްގައި 102 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މީގެ އިތުރުން އެ ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް