ލޯފަން މިޔުޒިކް ޓީޗަރު

Loading

September 7, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ލޮލަށް ނުފެންނަ މީހަކާ އަހަރެން ކައިވެނި ކުރީ އޭނާޔަށް އަހަރެން ހުރި ސިފަ ނުފެންނާނެތީއެވެ. ނަމަވެސް ކައިވެނީގެ ފުރަތަމަރޭ އޭނަ ބުނި އެއްޗަކުން އަހަރެން ތުރުތުރު އަޅައިގެންދިޔައެވެ.

އަހަރެންގެ އުމުރުން 20 އަހަރުގައި،ބަދިގޭ ގޭސްފުޅި ގޮވައި ހިނގި ހާދިސާއެއްގައި އަހަރެންގެ މޫނާއި ކަރު އަދި ގައިގެ ބޮޑުބައެއް ފިހުނެވެ.އެދުވަހުގެ ފަހުން ބިރު، ނުވަތަ ހަމަދަރުދީ އާއި އެކުނޫނީ އެއްވެސް މީހަކު އަހަރެންގެ މޫނަށް ބަލައެއް ނުލައެވެ. އެހެން ކަމުން އަހަރެން ފިލީއެވެ. ލޯގަނޑު ތަކަށް ފިލަމެވެ.މީހުންނަށް ފިލަމެވެ.ޚާއްސަކޮށް ލޯތްބަށް ފިލަމެވެ.އަހަރެންދެކެ ލޯބިވެދާނެ ފަދަ މީހަކާ ދިމާވިނަމަވެސް އެކަމަށް ފުރުސަތު ދޭކަށް ނުކެރެއެވެ. އެއީ އަހުމަދާއި އާއި ބައްދަލް ވަންދެނެވެ.

އަހުމަދަކީ އަވަށު ސްކޫލަށް މިޔުޒިކް ކިޔަވާދޭން އައި ލޮލަށް ނުފެންނަ ޓީޗަރެކެވެ. އޭނާގެ ހުސްވަގުތުގައި އަމިއްލަ ގޭގައި މިޔުޒިކް ކިޔަވާދެއެވެ. އޭނަޔަށް އަހަރެންގެ ލަކުނު ތަކެއް ނުފެންނާނެއެވެ. އެހެން ކަމުން އޭނަގާތަށް ދާކަށް އަހަރެން ޖެހިލުމެއް ނުވިއެވެ. އަހަރެންނަށް ވެސް ވަރަށް ރީތިކޮން ލަވަކިޔަން އެގެއެވެ. މިއީ އުޒުރަކަށް ހަދައި ލަވަދަސްކުރަން އޭނާކައިރިޔަށް ދާން ފެށީމެވެ.

އަހުމަދާއި ކައިވެނި ކުރުމަކީ އަހަރެންވެސް ވަރަށް އެދިގެން ހުރި ކަމަކަށް ވާތީ ދެމީހުންގެ ލޯބީގެ ގުޅުމެއް ފެށި، އަހަރެއްހާ ދުވަހުގެތެރޭގައި ކައިވެންޏަކާ ހަމަޔަށް ދިޔައެވެ.

މިދުވަސް ތަކުގެ ތެރޭގައި އަހުމަދާއި ދޭތެރޭ އަހަރެންގެ ހިތުގައި ލޯބި އުފެދި އެކަން އަހަރެންގެ އޯގާތެރި އަމަލުތަކުގެ ޒަރީއާއިން އޭނާޔަށް އަންގަމުން ގެންދިޔައިމެވެ.

ބައެއްމީހުން ބުނެއެވެ.އަހުމަދާ ކައިވެނި ތިޔަ ކުރަނީ އޭނާޔަށް ލަކުނުތައް ނުފެންނާނެތީ ހެއްޔެވެ. މީގެ ޖަވާބުގައި އަހަރެން ބުނީމެވެ.އަހަރެންގެ ގައިގެ ހަންގަނޑު އޮމާންކަމުން އަހަރެންދެކެ ލޯބިވާ މީހަކަށް ވުރެ އަހަރެން ނުފެނި، އަހަރެން ދެކެހިތާއި ފުރާނައިން ލޯބިވާ މީހަކު އަހަރެންނަށް މާރަނގަޅެވެ.

އަހަރެންނާއި އަހުމަދުގެ ކައިވެނީގެ ހަފްލާ ވަރަށްވެސް އުފާވެރިއެވެ. ކުޑަކުޑަ އާދައިގެ ޕާޓީއެކެވެ. އަހުމަދު މިޔުޒިކް ކިޔަވާދޭ ކުދިން އައިސް ޕާޓީގައިވަނީ ޝޯއެއްދީފައެވެ. އަހުމަދު ވެސް އަހަރެންވެސް ތިބީ ވަރަށް އުފަލުންނެވެ.އަހަރެން ލައިގެން ހުރި އަތްދިގު އަދި ކަރުގައިވާ ލަކުނުތައްވެސް ނުފެންނަ ގޮތަށް ފަހާފައިވާ ރީތި ހެދުމެކެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންނަކީ ރީތި އަންހެނެއް ގޮތަށް އިހުސާސް ކުރެވުނެވެ. އަހަރެންނާ ދިމާލަށްވެސް މީހަކު ބަލާކަމުގެ އިހުސާސް ކުރެވުނެވެ.ލޮލަކުންނޫނެވެ.ލޯބީގެ ނަޒަރުންނެވެ.

ޕާޓީ ނިމުމަށްފަހު އަހަރުމެން އެކުގައި އުޅުމަށް ތައްޔާރުކުރި ކުޑަކުޑަ އެޕާޓްމަންޓަށް ދިޔައިމެވެ.ނިދަން ތައްޔާރު ވުމަށްފަހު ދެމީހުން އެނދުގައި އިށީދެލައިގެން ތިބި ވަގުތު އަހަރެންގެ ލޮލަށް ނުފެނަ ފިރިމީހާ ވަރަށް ލޯބިން އަހަރެންގެ ލަކުނު ތަކުގައި އަތް ކާއްތާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. ”އަހަރެން ހީކުރި ވަރަށް ވުރެ އައިޝާ މާރީތިވެފައި ފުރިހަމައެވެ.“ އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބުނާ އެއްޗެއް ނޭނގި  ރޯން ފެށީމެވެ. އެވަގުތު އަހުމަދު ވާހަކަ ދައްކަން ފެށިއެވެ.  ”އަހަރެންނަށް ފެނެއެވެ. އަހަރެންނަށް އައިޝާ ފުރަތަމަ ފެނުނު ދުވަހު އަހަރެން ރުއީމެވެ. ހުރި ސިފަ ފެނިފަ ދެރަވެގެން ނޫނެވެ. އައިޝާގެ ހިއްވަރުގަދަކަން ފެނިފައެވެ. ތިޔަވަރަށް ފިހިފައިވާއިރުވެސް އާންމު ހަޔާތަށް ފިޓްވާން ކުރާ ހިއްވަރު ފެނިފައެވެ.“

އަހަރެން ގިސްލަމުން ބުނީމެވެ. ”އަހުމަދު ތިޔައީ ލޮލަށް ނުފެންނަ މީހެއް ނޫން ހެއްޔެވެ؟“ ޖަވާބުގައި އަހުމަދު ބުންޏެވެ. ”އާނއެކެވެ. ކުރިން ނުފެނެއެވެ.އެކަމަކު މީގެ ތިންމަސް ކުރިން އަހަރެން އިންޑިޔާއަށް ދިޔައިމެއް ނޫންހެއްޔެވެ.އޭރުގޮސް ލޮލުގެ މަތީފެންވަރުގެ ހޮސްޕިޓަލަކަށް ގޮސް  ސާޖަރީ ހެދީމެވެ. ފުރަތަމަ ފެނުނީ ހިޔަންޏެވެ. ދެން އެއްޗެތީގެ ސިފަ ފެނުނެވެ.އެންމެ ފަހުން މޫނުތައްވެސް ފެންނަން ފެށިއެވެ. މިވާހަކަ މިރަށުގެ އެވެސް މީހަކު ކައިރިއަކު އަހަރެން ނުބުނަމެވެ.ޚާއްސަކޮށް އައިޝާ ކައިރީ ނުބުނީއެވެ.

އަހަރެން ބޭނުންވީ އައިޝާ އަހަރެންދެކެވީ ހަގީގީ ލޯޓްބެވެ. ލޮލަށް ނުފެންނަ މީހަކަށް ދެމުން އައި އޯގާތެރިކަމާއި ހަމްދަރުދީއެވެ. އަހަރެންވެސް އައިޝާދެކެ ލޯބި ވާން ބޭނުންވީ ހިމޭން ކަމުގެ ތެރޭންނެވެ. ދުނިޔޭގައި އެހެން މީހުން ލޯބި ތަޖުރިބާ ކުރާ ގޮތަކަށް ނޫނެވެ. އަހަރެން އައިޝާދެކެލޯބިވާން ބޭނުންވަނީ އެއްވެސް ޕްރެޝަރެއް ނެތިއެވެ.

އިންޑިޔާއިން އެނބުރި އައިސް ފުރަތަމަ އަހަރެންނަށް އައިޝާގެ މޫނު ފެނުނު ދުވަހު އަހަރެންނަށް ބޭއިޚްތިޔާރުގައި ރޮވުނެވެ. އެވަރަށް ފިހިފަ ހުރިއިރުވެސް އައިޝާގެ ހިއްވަރުގަދަކަން ފެނިފައެވެ. ލޮލަށް ނުފެންނަ މީހަކާ އިނދެގެން އުޅެން ދަތިވާނެ ވަރު އިނގިހުރެ ވެސް އަހަރެންނާ ކައިވެނި ކުރަން ގަބޫލު ވުމަކީވެސް ވަރަށް ހިއްވަރުގަދަ މީހަކު ނޫނީ ނުކުރާނެ ކަމެކެވެ.“

އަހުމަދު އަހަރެންނާ އިންނަން ނިންމީ ލޮލަށް ނުފެންނަ މީހަކަށް ހުރެގެނެއް ނޫނެވެ. އަހަރެންގެ ލަކުނުތައް ފެނުމަށް ފަހުވެސް އަހަރެންގެ އަތުގައި ހިފަން ނިންމީއެވެ. މިކަން އިނގި މިއަދު އަހަރެން ވަރަށް އުފާވެއެވެ.

މިއަދު އަހަރެން މަގުމަތިން ހިނގާލާފަ ދަނީ ވަރަށް ފަޚުރުވެރި ކަމާއެކުއެވެ. ދުނިޔޭގެ އެންމެން ކޮންމެ އެއްޗެއް ކީނަމަވެސް ފަރުވާލެއް ނެތެވެ. އަހަރެން ކުރަމުން އައި ހިތާމަ ފަސްދީ އަހަރެންގެ ހާލަތު ބަލާނެ ދެލޮލުން އަހަރެންނާ ދިމާލަށް ވަނީ ބަލާފައެވެ.

އަހަރެންނާއި އަހުމަދުގެ ކައިވެނި ވަރަށް ވެސް އުފާވެރިއެވެ. އަހުމަދުގެ އެހީއާއިއެކު، ފިހޭ މީހުންނަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލަކަށް ގޮސް އަހަރެން ފަރުވާ ހޯދީމެވެ. ފަހަރަކު ހަށިގަނޑުގެ ބަޔަކުން ލަކުނު ފިލުވަމުން ދިޔައިމެވެ. އެންމެ ފަހުންގޮސް އަހަރެންނާއަހުމަދަށް ލިބުނު ފުރަތަމަ ދަރިފުޅު ވިހެއީ އަހަރެންގެ ހަށިގަނޑުގައިވާ ލަކުނުތައް މުޅިން ފިލުވާ ނިމުނު ފަހުންނެވެ.  

Loading

One Response

Leave a Reply to Anonymous Cancel reply

ފަހުގެ އަޕްޑޭޓް