އަދުގެ ސަރުކާރުން މިކުރަނީ ހެޔޮވެރިކަމެއްތޯއެވެ؟

Loading

September 5, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގައި މިއަދު އޮތް ސަރުކާރު މިހިންގަނީ ލަނަކު ކަޅިހޫރާ ހެން ކަން ރައްޔިތުންނަށް ވިސްނޭ މިންވަރަށް މިސަރުކާރުގެ ޢަމަލް ތަކުން ރައްޔިތުންނަށް ޔަގީން ކުރެ ވިއްޖެއެވެ. އެއްވެސް މާސްޓަރ ޕްލޭނެއް ހަމައެއް އުޞޫލެއް އޮވެގެން ރައްޖޭގައި އެއްވެސް މަސައްކަތެއް މިސަރުކާރަކުން ނުކުރެއެވެ.

އަޅުގަނޑު މިވާހަކަ މިދަންނަވަނީ މި ސަރުކާރާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޒާތީ ތަޢައްޞުބެއް އޮވެގެނެއް ނޫނެވެ. ރައްޔިތުންގެ ތެރެއަށް ނުކުތުމުން އެބައިމީހުން ފާޅުކުރާ ޝޫޢޫރުތަކާއި ހިތްހަމަ ނުޖެހުންތައް ސަރުކާރާއި ޙިއްސާކުރުމަކީ ނޫންސްވެރިން ކުރަން ޖެހޭ ކަމަކަށް ވާތީ މިވާހަކަ ދަންނަވަނީއެވެ. ކޯފާ އިސްނުކުރައްޗެވެ.

މިއަށްވުރެ މާދަތި ނުރައްކާ މައުޙައުލުގައިވެސް މިރާއްޖޭގައި މީޑިޔާވާނީ ހިންގާފައެވެ. ހެޔޮއެދިގެން ގައުމު އިސްލާޙުކުރުމުގެ ގޮތުން މީޑިޔާ ހިންގި ބަޔަކު ޢުމުރުދުވަހަށް ޖަލައްލީ ޒަމާންވެސް އަޅުގަނޑުމެން ވަނީ ދެކެފައެވެ. އެފަދަ އުލުބޭންދުމަކުން މީޑިޔާވީ ގިނަ ނޫންތޯއެވެ؟ ވީމާ ރައްޔަތުންގެ ޚާދިމުންގޮތުގައި އެސައިޒް އޮޅިގެން އެއްވެސް މީހަކު އުޅުމަކީ މާބުއްދިވެރި މޮޅުގޮތެއްނޫންކަން ރާއްޖޭގެ ތާރީޚްވެސް ހެކިދެއެވެ.

     ރާއްޖެއަކީ ގުދުރަތީގޮތުންވެސް ލާމަރުކަޒް ވެފައިވާ ނަލަ ނަލަރީތި ޖަޒީރާ ގައުމަކެވެ.

އެހެން ކަމާއެކު ރައްޔިތުން ޒަމާންތަކެއް ވަންދެން އެކިސަރުކާރުތަކާއި ވާހަކަ ދައްކައި ރައްޔިތުންނަކީ އެބައިމީހުން ތިބޭ ތަނަކުން އަސާސީ ޚިދުމަތްލިބޭ ފުދުން ތެރި ބަޔަކަށް ވުމުގެ ހުވަފެން ދެކެމުން އައި ބައެކެވެ. ނަމަވެސް އެ ހުވަފެންތައް ކުލަޖެހެންފެށީ 2008 ވަނަ އަހަރުގެ ފަހުންނެވެ. އެ ހުވަފެން ތަކުގައި ކުލަޖެހެމުން ޖެހެމުން އައިސް ރައްޔިތުން ބާރުވެރިވެ މައިސަރުކާރަށް ބަރޯސާނުވެ އުޅެވެން ފެށުނު ހިނދު ރާއްޖޭގައި ވެރިކަމަށް ދަހިވެތިވެފައިތިބި ބަޔަކަށް އެކަން ހަޖަމެއް ނުވިއެވެ. އެހެނަސް ވެރިކަމަށް ވަޑައި ގަންނަވަން އުޅުއްވި އިރު ރާއްޖޭގައި ހިންގަމުންއައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫން ހިންގުމުގެ ބާރުވެރިކަން ކައުންސިލްތަކަށް ކުރިއަށްވުރެ މާރަނގަޅަށް ބާރުވެރިކޮށް މުޅިރާއްޖެއަށް ތަނަވަސްކަމާއި އުފާފާގަތި ކަން ހޯއްދަވައި ދެއްވާނޭ ކަމުގެ އުފާވެރި ވަޢުތައް މިސަރުކާރުންވެސް ރައްޔިތުންގެ ކުރިމައްޗަށް އެކިސިފައިގައި ވަނީ އޮއްސާފައެވެ.

     އާދެ! ރާއްޖޭގެ ކައުންސިލްތަކުން އެކައުންސިލް ތަކުގެ ބައުންޑްރީގައި ޝާމިލްވާ ބިންތަކުންނާއި ފަޅުރަށްރައްތައް ރައްޔިތުންނަށް ފައިދާކުރާނޭ މާސްޓަރޕްލޭނެއްގެ ދަށުން ފަރުމާކޮށް

އެތައްތަން ޑިވެލޮޕް ކުރަން ފެށުމުން ވެސް މިސަރުކާރުންވެސް ހަޖަމް ނުބައި ވީއެވެ. މިސަރުކާރުގެ ޚުދުމުޚުތާރުކަމާއި ސަރުކާރުގެ ތެރެއިން އުފައްދާފައިވާ ސިއްރު ޚިޔާނާތުގެ ބޮޑީއެއްގެ އަވައިގާ ރައީސް މީހާވެސްޖެހި ގައުމުގެ އެންމެހައި ބާރުތަށް މުށުތެރަށް އެއްކުރަމުން ދާފަދައިން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބާރުވެރިކަން ސަރުކާރުގެ މިދެންނެވި ޚިޔާނާތް ތެރިންގެ ބާރުގެ ދަށަށް ފުރޮޅާލީއެވެ.

ރާއްޖެތެރޭގެ ރަށް ރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ކައުސިލް ތަކުން އެދަނީ ރައްޔިތުންނާއި ކައުންސިލްތަކުގެ ހިތްހަމަނުޖެހުންތައް އެމަނިކުފަނާއި ޙިއްސާކުރަމުންނެވެ. ރައްޔިތުން ބާރުވެރި ކުރުވާނޭ ކަމަށް ރައީސް މީހާ ވެވަޑައި ގެންނެވި ވަޢުދުތައް ބޮލާލާ ޖައްސަވައި ރައްޔިތުން ނިކަމެތިކޮށް ރައްޔިތުންނަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބާރުތައް ހަނިކުރައްވައިފިއެވެ. އެހެން ކަމާއިއެކު މި ވެރިކަން ހިނގަމުން އެދަނީ ހެޔޮވެރިކަމުގެ އިންތަކާއި މިންތައް ފަހަނައަޅައި ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއްގެ ކޮޅިގަނޑުގައި ޖެހެމުންކަމުގައި ދަންނަވަން ޖެހެއެވެ. އެހެންކަމައެކު މިއަދު މިރާއްޖޭގެ ކުދިބޮޑު އެންމެނާއި 

ދައުލަތުގެ އިސްމަގާމުތައް ފުރުއްވާ ބޭފުޅުންނާއި ރައްޔިތުނަށް ޚިޔާނާތެރިވެ ވިކިފައިވާ ގިނަ މެންބަރުވެސް މިހާރުތިބީ މާޔޫސް ކަން މަތީގައެވެ. ގިނަ ރައްޔަތުން ދެކޭގޮތުގައި މިވެރިކަން މިދަނީ ގޯހުން ގޯހަށެވެ. ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއިފަސާދަ އޮތީ މިވެރިކަމުގެ ތެރޭގައި މޫލާފަކަމަށް ގަބޫލުކޮށް އެވާހަކަތައް ގޮވާމީހުން އިތުރުވެއްޖެއެވެ. ޓެކްސީއަކަށް އެރިޔަސް އެނޫންވާހަކައެއް ނެތެވެ.

ދަންނަވަންތޮއެވެ! ރާއްޖެ އޮތީ ދަރާފައެއްނޫނެވެ. އެކަން ސަރުކާރަށް ވަންނަމުންދާ އާމްދަނީގެ ތަފާސްހިސާބުތަކުން ހާމަވަމުން ދެއެވެ. 115 މާއްދައިގެ ދަށުން ލިބިދޭ ބާރުންނޭ ވިދާޅުވެ 30 މީހުންނަށް ހިންގޭނެ ދައުލަތުގެ އޮފީހަކަށް 130 މީހުން ލުމަކީ ޚިޔާނާތެކެވެ. 115 ވަނަ މާއްދާގެ ރޫޙާއި ޚިލާފު ޢަމަލެކެވެ.

އެހެންވެ ރައްޔިތުން ތިބީ ނިކަމެތި ޙާލުގައެވެ. ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރަށް ނިކަމެތި ވަމުންނެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޙާލުގައި ޖެހިފައިވާއެއްވެސް ރައްޔިތަކަށް މަސްދަޅު ބެހުންފިޔަވައި އެހީތެތިކަމުގެ އަތެއް ފޯރުވައެއް ނުދެއެވެ. އެ މަސްދަޅުތައްވެސް ބެހީ ގެއްލުންވާ ކުންފުނިތަކުގެ ބަޖެޓުން ނެވެ. ގެއްލުންވަނި ރައްޔަތުންގެ ކުންފުންޏަށެވެ. ހެޔޮފުޅުކަމުން ކޮށްދެވޭކަމެއް ކޮށްދެވެނީ ގަނެފައި ތިބި ރޯބޮޓް މެމްބަރުތަކަށެވެ.

ފަށްޓާފައި ހުރި އެއްވެސް ތަރައްގީގެ މަޝްރޫޢެއް ކުރިއަކަށް ނުގެންދެއެވެ. އެހެނަސް ހޮސްޕިޓަލްތަކާއި ރައްޔިތުންނަށް ބޭނުންވާނޭ ފަދަ ޢިމާރާތްތައް އެޅުމަށް ބަރިބަރިއަށް އެދަނީ ބޭރުގެ ކުންފުނި ތަކާއި ކަޓް ލިބިދޭނެ ލޯކަލް ކުންފުނިތަކާއި ބިޑްކުރުމެއްނެތި ޙަވާލުކުރަމުންނެވެ. ބިޑަކާ ނުލާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި ބޭރުގެ ކަރުދާސް ކުންފުނިތަކަށް މަސައްކަތް ދީ އެ ކުންފުނިތަކާއެކު އެއްބަސް ވުންތަކުގައި ސޮއި ކުރަމަކީވެސް ދައުލަތަށް ލިބިދޭ ގެއްލުމެކެވެ. ދައުލަތުގެ ކޮންމެ ދަރަންޏަކީ ރައްޔަތުންގެ ބޮލުގައި އެޅުވޭ ދަރަންޏެކެވެ. ކޮންމެތަނެއްގެ ބިންގާ އެޅުމަށްފަހު އެޑުވާންސްފައިސާގެ ގޮތުގައި އެތަށްމިލިއަން ރުފިޔާގެ ކަޓް ނަގާ ވާހަޔަކީ ހަވަރުގޮވާ ގޮވެއްޔަކަށް މިއޮތީވެފައެވެ. ނަމަވެސް ރައްޔަތުންގެ ޚާދިމުން ( ވެރިންނަށް ހެދިގެން އުޅޭ ބައިގަނޑަކަށް ) ފަހުމެއް ނުވެއެވެ. އެނގޭކަށް ބޭނުމެއް ނުވާކަހަލައެވެ.

އެއްވެސް ބައެއް އަޅާބުޑުތައް އެނެއް ބަޔަކު ނުނިންމައެވެ. އެހިސާބުން އެމަސްކަތް ކުރިއަކަށް ނުދާނެއެވެ. އެހެނީ އެވަނީ ބުޑުއެޅުމުން އެޕްރޮޖެކްޓްގެ ކަޓް ލިބިފައެވެ. ދެން އަންނަ ބަޔަކުވެސް އައު ޕްރޮޖެކްޓްތަކެއް އުފައްދާ އަވަހަށް ބޭނުންވާނީ ބުޑު އަޅާށެވެ. ނަގާނީ އެޑްވާންސް ފައިސާއެވެ. މަސައްކަތެއް ނުހިނގައެވެ. ނުވެސް ހިނގާނެއެވެ. މިއީ ވެސް ވެރިން ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެ އަމިއްލަ މުއްސަދިކަން ލިބިގަތުމަށް ބޭނުން ކުރަމުން އަންނަ އުކުޅުތަކެވެ. ހިތާމައިގެ ކޮޅެއްނެތެވެ!

ލޮބުވެތި ރައްޔިތުންނޭވެ! ދައުލަތުގައި އެހުރިފައިސާއަކީ ތިއަބައި މީހުންގެ ފައިސާއެވެ. އެފައިސާ ހުދުކާފޫރަށް ވެގެންދާތަން ބަލަން ތިބެން ތި ރައްޔިތުންނަށް އޯކޭ ހެއްޔެވެ. އަނބިން ދަރިން ތިބީ ނުކައެވެ. ކޮންމެ ދުވަހަކު ބުނާއަޑު އިވެނީ މިވެނި ކުންފުންޏަކަށް ސާފުފައިދާގެ ގޮތުގައި ސަތޭކަމިލިއަން ރުފިޔާލިބުނު ވާހަކައެވެ. މިފަދަ އެތަކެއް ކުންފުންޏަކަށެވެ. އެ ފައިދާވީ ކުންފުންޏެއްގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެގެނވެސް ލިބޭގޮތެއް ނުވެއެވެ.

ކަން މިހެން ހުރި އިރު ދައުލަތް ދަރާފައިއޮތް ވާހަޖަކީ ޖޯކެވެ. ދަރާފައި އޮތިއްޔާ މިފަދަ ވެރިކަމުގެ ފަރާތުން އެބައިމީހުން މުއްސަދިކަން ލިބިގަތުމަށް ބޮޑެތި ޚިޔާނާތް ހިންގާ ދަރުވާލަނީއެވެ. ދަރާނީ ރައްޔަތުން ތާއެވެ. އެމީހުންގެ ވަރިކަން ބީވިޔަސް ޚިޔާނާތުގެ ފައިސާއިން އެތެރެއިންނާއި ބޭރުން ގަނެފައިވާ ގެދޮރުތަކާއި ވިޔާފާރިތައް ހަމަ ބަރާބަރަށް ހިނގަމުންދާނެއެވެ. އެ ޚިޔާނާތް ފޫބައްދަން ޖެހޭނީ ދެންއަންނަ ބަޔަކުވެސް ރައްޔަތުން ފެލައިގެނެވެ. މިހޫންގޮތަކަށް ރައްޔަތުން ވިސްނައި ޒިންމާދާރު ރައްޔަތުން ތަކަކަށް އަޅުގަނޑުމެން ވަމާތޯއެވެ؟

     މަޖިލީހުން އެންމެ ވޯޓެއް ހޯދަން މެންބަރުމީހާއަށް ވިހިމިލިއަން ދިހަމިލިއަން ސަރުކާރު އެދެނީ ސަރުކާރު ކޮންތާކުންވިހޭ ފައިސާ އިން ހެއްޔެވެ. މިއީ ތިބޭފުޅުންގެ މެމްބަރުންނާ ހަމަ ކުރަން ވަރަށް ރަނގަޅު ސުވާލެކެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! ނިދިން ހޭލާށެވެ. ގައުމަށް ބަޔަކުއަރާ ދޮގާއި މަކަރާއި ޙީލަތުން ގައުމު ލޫޓުވާލާތަން ބަލަން ނުތިއްބަވާށެވެ! މީ އަޅުގަނޑުމެންގެ މައިންބަފައިފައިން ވަޅުލެވިފައިވާ އަޅުގަނޑުމެން އެންމެންގެ ގައުމެވެ. ފަރަންޖީ ބަހުން ދަންނަވަންޏާ މިއީ “ މައި މަދަރ ލޭންޑްއެވެ.“

Loading

2 Responses

  1. މިގައުމުގެ ޙާލަތު އޮތީހަމަ މި އަރޓިކަލް ބަޔާންކޮށްދޭ ހާލަތުގައިކަމީ ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތެވެ

  2. އަސްލު ވެސް. ހެޔޮ ނުވާނެ ﷲ ގަންދީ ހުވާކޮށް ގެން މިގޮތައް ހަރާމްގޮތުގައި ވެރިކަން ކުރާކަން.

Leave a Reply to ޙަސަން ތައުފީޤު Cancel reply

ފަހުގެ އަޕްޑޭޓް