މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރު ކުރުމަކީ ގަނަތެޅުމެއް

Loading

September 2, 2025
profile
Facebook
Twitter
WhatsApp
Maldivian Air craft

23 ސެޕްޓެމްބަރުގައި މާލެއިން ހައްދުންމަތީ ގަމަށް ޑައިރެކްޓްކޮށް ހެނދުނު ސައިބޮއި ހަމަޖެހިލައިގެން ދެވޭ ގޮތަށް ދެކޮޅު ޓިކެޓް ނެގީމެވެ. ދެކޮޅުޓިކެޓަށް 2927 ރުފިޔާދައްކަން ޖެހުނެވެ.
ފުރުން އޮތީ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. ނަމަވެސް 26 ވަނަ ދުވަހުގެ ރޭ ފުލައިޓް ނައްޓާލާ ގަޑި އަވަސް ވެއްޖެކަމުގެ މެސެޖެއް ލިބުނެވެ.

އެހެންކަމުން އަޅުގަނޑަށް ޖެހުނީ ކުދިވެރިންނާއި އަނބިދަރިން ގަދަނިދީގައި ތިއްބާ ހޭލައްވާ ފަތިސްނަމާދު ކޮށްގެން އެއަރޕޯޓަށްދާ ވާހަކަ ބުނާށެވެ.
މީ ވޭން ކުޑަކަމެއް ނޫންތާއެވެ. މާލެއިން ހައްދުން މަތީ ގަމަށްދެވެނީ 35މިނިޓުންނެވެ. ދަތުރުން އެނބުރި މާލެ އައުމަށް، ކޮންމެއަކަސް މޯލްޑިވިއަންގެ ފުލައިޓުން ހައްދުންމަތީ ގަމަށް ފުރަން ހިގައްޖެއީމެވެ.
ފުރުން ހަމަޖެހިފައި ވަނީ 2 ސެޕްޓެމްބަރު ދުވަހުގެ ހަވީރު 17.30 ގައެވެ. އެހެންކަމާއެކު އަދި ހައްދުންމަތީ ގަމަކީ ބޮޑު ރަށަކަށް ވެފައި ދާންޖެހޭ ތަންތަން ދުރުކަމާއެކު ކުރިއާލާ ދަތުރަށް ތައްޔާރުވީމެވެ. އަނބިދަރިންގެ ގާތަށް 2 ސެޕްޓެންބަރުގައި ޑައިރެކްޓު މާލެދާ ފްލައިޓުން ދާންތައްޔާރު ވެގެން ހުއްޓާ މޯލްޑިވިއަނުން އައީ މެސެޖެކެވެ.
ކަމަކުދާކަށް ނެތެވެ. އަޅުގަނޑަށް މި އަންގަނީ ކަލެއަށް މާލެއަށް އާދެވޭނީ އައްޑުއަށް ގޮއްސައި އައްޑޫއިން ކަމުގައެވެ. ދެގަޑި އިރު ފުލައިޓުގައި އިންނަން ޖެހުނީ އެވެ. މޯލްޑިވުއަނުން ދަތުރުފަތުރު ކުރަނީ އެކުންފުނީގެ އަޅުންގެ ގޮތުގައި ހިލޭތޯއެވެ.
ބޭނުންވީމާ ގަޑި ބަދަލުކޮށް ފްލައިޓް ބަދަލުކޮށްލައި މީ ޝެޑުއަލް ފްލައިޓް އޮޕަރޭޓްކުރާ ގޮތް ހެއްޔެވެ؟
ރައްޔިތުން ރާއްޖޭގެ އަތޮޅުތަކަށް އުދުހެނީ ހިތް ހަމަޖެހުމާއެކު ދާންބޭނުންވާ މަންޒިލަކަށް ތަކުލީފެއް ނެތި ސީދާ ދަތުރު ކުރުމަށެވެ. ރާއްއްޖޭގައި ހުރިއްޔާ ހުރި އެއަރޕޯޓެއްގައި މަޑުކޮށް ފުލައިޓްތެރޭގައި ބޭނުންވާހާ ވަގުތުތަކެއްގައި ބައިތިބެގެން ދާން ބޭނުންވާ ރަށަކަށް ދާގޮތަކަށް ޓިކެޓް ގަނެގެން ނޫނެވެ.
އެހެން ކަމާއެކު އިންސާނީ ކަރާމަތަށް އިހުތިރާމު ނުކޮށް ތިމާމެނަށް ނުކުރެވޭވަރު ކަންތައް ރައްޔަތުން ގަނޑަ ތަޅުވަން ނުކުރަމާތޯއެވެ.
ސީދާ ތިރީސް ފަސް މިނިޓުން ދެވޭތަނަށް ދެގަޑިއިރުން ދާން ބޭނުން ވާނީ ކާކު ހެއްޔެވެ.
ފަންސާސް ރުފިޔާދީގެން ދެގަޑިއިރުން ދެވޭ ރަށްރަށަށް ފަސްހާސް ރުފިޔާ ޖީބުން ޚަރަދު ކޮށްގެން ލޯންޗުގައި 25 މިނިޓުން އެ ދަނީވެސް ތަކުލީފުތަކާއި އުނދަގުލުން ސަލާމަތް ވުމަށްޓަކައެވެ.
މިވަރު ނޭނގޭ ބަޔަކު ރާއްޖޭގައި ފުލައިޓް އޮޕަރޭޓް ކުރުމަކީ ދިވެހިންނަށް ޖައްސާ ވަރަށްބޮޑު ތަކްލީފެކެވެ. އެހެން ކަމާއެކު މޯލްޑެވިއަނުން ދަތުރު ކުރައްވާ ބޭފުޅުން އެކުންފުނީގެ ފަރާތުން އެކުރާ ޖެއްސުމާމެދު ސަމާލު ވެލެއްވުމަކީ ވަގުތު ސަލާމަތް ކުރުމަށްލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ބުނަމެވެ. އަތްގުޅި ނުކާވަރުގެ އަގެއް އަތުލާފައި ހިތުހުރިހާގޮތެއް ހެދުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. މިކަން ކަން ރަނގަޅު ނުކުރާނަމަ މޯލްޑިވިއަން ނޫން އެހެން ގޮތެއް ހޯދަން ދިވެހީންނަށް ޖެހިދާނެ ވާހަކަވެސް ހަނދާން ކޮށްދެމެވެ. ހަމަ ގައިމުވެސް އެކުންފުންޏަށް ވެސް އޮޕަރޭޝަނާ ހިންގޭ ވަރަށްވުރެ އިތުރަށް މަގާމުތަކަށް ދެ ގުނައިން މީހުންތައް ވަނީ އަޅާފައެވެ. ކުންފުނިން ހަބޭހަށް ވަނީ ގެއްލުން ވެސް މެއެވެ.

Loading

3 Responses

  1. މީވަރަށްބޮޑު ތެދަށް މިކަންރަނގަޅު ކުރަންޖެހޭ ދެރަކަމަކީ މިކަމުގާ އެހެން ޗޮއިސް އެއް ކަސްޓަމަރުންނަށް ނެތުން އެހެންވެ އެހެންވެ އެގޮތަށް ހަނދަށް ކެރެނީ

  2. ކަނޑުދަތުރު ނުކޮށް ބޮޑޭވާންއުޅޭ މީހުންގެ ހާލަތު. ތީއައިލޭންޑް އޭވިއޭޝަންގެ ބޯޑުމެމްބަރެއްބާ! ބީތާ ވިޔަސް ބޮޑުވަރު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިބާވަތުގެ ކަންތައް ދިމާވާލެއް މަދެއްނޫން.

Leave a Reply to އުދާސް Cancel reply

ފަހުގެ އަޕްޑޭޓް