އަދީބަށް ކުރީގެ ރައީސް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ.

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލީހު، ރައީސް ޔާމީނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ނާއިބުރައީސްކަން ކުރެއްވީ އަހުމަދު އަދީބު އަށް މަޢާފު ދެއްވީ ހެޔޮފުޅު ކަމުން ތޯއެވެ. މާފުށީ ޖަލުގައި ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ އެތަކެއް ސަތޭކަ ދިވެހި ރައްޔިތުން އުޅެމުން އެބަދެއެވެ. ކަން މިހެން ހުރިނަމަވެސް މިދެންނިވިފަދަ ނިކަމެތި ރައްޔިތަކަށް މަޢާފު ދެއްވާފައެއް ނުވެއެވެ.


ޓެރަރިޒަމް އާއި ޚިޔާނާތުގެ ޙުކުމްތަކެއް ގުނަމުންދިޔަ އަދީބް އަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މައި ޑޮންއެވެ. ޝަރީއަތަށް ސާބިތުވެފައިވާ ބޮޑު ވަގެކެވެ. ބޮޑު ޓެރަރިސްޓެކެވެ. އަދީބު ވަނީ ޓޫރިޒަމް މިނިނިސްޓަރަކަށް ހުރިއިރު ބުނެވޭގޮތުގައި 87 ރިޒޯޓުގެ އިކްއިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއްބިލިއަން ހަތްދިހަ ހަތަރު މިލިއަން ޑޮލަރަށް ވެސް ޚިޔާނާތްތެރިވެފައެވެ.
އަހުމަދު އަދީބުގެ މައްޗަށް ތިރީސްއަށްއަހަރުގެ ޖަލުހުކުމް އައިސްފައިވަނިކޮށް މެޝިނެއްގެ އެހީގައި ނިދަންޖެހޭ މީހެއްކަމަށް ޑޮކްޓަރުން އަތުން ލިއުން ގަނެގެން ގޭގައި ހުންނަވާފައި ޓަގުބޯޓެެގައި ފިއްލަވަން ވެސް އުޅުނެވެ. މިހުރިހާ ކަމަކީ ރައީސް ސޯލިޙް ދެނެވަޑައި ގަންނަވާ ކަންކަމެވެ.
އަހުމަދު އަދީބު އަކީ މިގައުމުގެ ބައިތުލްމާލު ދޮވެލި އެންމެ ނުރައްކާތެރި ވަގެވެ. އެހެން ކަމުން އޭނާގެ ރައްކާކުރިތަނެއްގައި ރައްޔިތުންގެ އެތަކެއް ބިލިއަން ރުފިޔާ ފޮރުވާފަ ހުރިކަން އިބޫ އާއި އެންމެނަށްވެސް އެނގެއެވެ. ނަމަވެސް ސުވާލަކީ އެމްޑީޕީ ސަރުކާރުގެ ރައީސް އިބޫ މިވަގު ކަލޭގެއަކަށް އެހާ އޮޅުވެ ސިއްރު މުޢާމަލާތްތަކެއްކޮށް އޭނާގެ ޙާލާއިމެދު ފަދަ “ ހެޔޮފުޅު “ ގޮތަކަށް ޢަމަލުކުރަން މަޖުބޫރުވީ ކިއްވެބާވައެވެ؟
މިއީ ގިނަބަޔަކު އަބަދުވެސް ކުރަމުން ގެންދާ ސުވާލެކެވެ. އެހުރިހާ ޖަރީމާތަކެއް ހިންގުމަށްފަުވެސް އަދީބަށް އެވަނީ މަޢާފު ދެއްވާފައެވެ. އޭނާ މިގައުމުން ބޭރުގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ ބޭނުން ކުރަން ފުރުޞަތު ދެއްވާފައެވެ. އުފެދޭ ސުވާލަކީ އަދިވެސް އަހާލަން ބޭނުންވަނީ ކުރީގެ ރައީސް އިބޫ، އަދީބަށް މަޢާފުދެއްވާ ދޫކޮށްލެއްވީ އެމަނިކުފާނުގެ ހެޔޮފުޅު ކަމުން ތޯއެވެ. ނޫންނަމަ އަދީބު ކިހާފައިސާއެއް އިބޫއަށް ދީގެން ހެއްޔެވެ.
މި ދިވެހި ގައުމަށް މިވަރުގެ ބޮޑު ޚިޔާނާތެއްވެފައި ހުރި މީހަކު ހެޔޮފުޅުކަމުން ދޫކޮށްލުމަކީ މުސްތަޙީލު ކަމެއް ތާއެވެ.
ހެޔޮފުޅުކަމާއި އޯގާވެރިކަން އެންމެހައި ކުށްވެރީންގެ މައްޗަށް ނެތީ އެމީހުންގެ އަތުގައި ދޭނޭ ރުފިޔާއެއް ނެތީމާ ހެއްޔެވެ. އަދީބު ޚިޔާނާތެރިވެފައި އެވަނީ އެންމެހައި ދިވެހި ރައްޔިތުން ހިއްޞާވާ ދައުލަތުގެ ފައިސާއަށެވެ. ރައްޔިތުން ސަރެއް އުފައިދައި ދައުލަތް ބަލަހަށްޓަން ޙަވާލު ކުރާ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޙައިސިއްޔަތުން ރައްޔިތުން ފައިސާއަށް ޚިޔާނާތްރިވާ މީހުންގެ މައްޗަށް ޝަރީޢަތުން ކަނޑައެޅޭ އަދަބުގެ ރަންފީޒު ކުރުމުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދާއި ދައުލަތުގެ ބައިތުމާލަށް ވައްދަން ޖެހޭނެ ކަމަށް ދެކެމެވެ. އެހެނީ އެފަދަ ވައްކަމާއި ޚިޔާނާތްތެރި މީހުންގެ އަތުން އެ ފައިސާތައް ހޯދާނަމަ ރައްޔަތުން މިފަދައިން ވިކޭކަށް ނުޖެހޭނެއެވެ. އެހެނަސް އެފަދަ ވަގުންނަށް މަޢާފުކޮށް ޝަރުތެއްނެތި ދޫކޮލުމުގެ ސަބަބުން ރައްޔިތުންނަށް އެވަނީ ފޫނުބެދޭ ވަރުގެ ގެއްލުމެއް ތަޙައްމަލް ކުރަން ޖެހިފައެވެ.
އަބަދުވެސް ދައްކަނީ ދައުލަތުގައި ފައިސާއެއް ނެތް ވާހަކަތަކެވެ.
މިއިން އެނގިގެން ދަނީ ރައްޔިތުންގެ ފައިސާއާއި ދޭތެރޭ ވެރިން ގެންގުޅޭ އަމިއްލަ އެދުން ބޮޑު ގޮތްތަކެވެ. ހައްދަވާ ބޮޑު ކުރެއްވި ފަރާތް ގަންދީ ހުވާކޮށް ބޮޑު ލެކްޗަރު ދެއްވާފައި ރައްޔިތުންގެ ފައިސާ ފަކޭޓަށް ކަހާލުމަކީ މިހާރުގެ ވެރިންގެ ކިބައިގާ އަށަގެންފައިވާ އެންމެ ނުބައިސިފައެވެ. ރައްޔަތުން ވެސް ވިސްނާ ފިކުރު ކުރަން ޖެހެއެވެ. މިފަދަ މީހުންނަށް އިތުބާރު ނުކުރައްވާށެވެ.
ވެރިކަމާއި ޙަވާލުވަނީ : ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާއާއި މާތްވެގެންވާ އިސްދީނާއި ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިކޮށް ޙުރުމަތް ތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވައިކޮށްގެން ހުރި މުސްލިމް ޖަމާޢަތުގެ ސުންނީ މުސްލިމަކު ރައްޔިތުންގެ މުދަލާއި ފައިސާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ﷲ އަށް ބިރުވެތިވެ ނުބަލަހަށްޓާނަމަ އެ ވެރިޔަކު މަގާމުން ދުރުކުރުމުގެ ޒިންމާއާއި މައްސޫލިއްޔަތު އުފުލުމުގެ ބާރު އޮންނަންވީ އެންމެހައި ރައްޔިތުންނަށެވެ. މިލިޔަން ރުފިޔާއަށް ވިކޭ މަޖިލިސް މެމްބަރުން ވޯޓުލައިގެން ހޮވުމުން، އެމީހުންގެ ޚިޔާނާތުންވެސް ބާރުބޮޑުވަނީ ރައްޔިތުންގެ ޖީބަށެވެ.
އެހެން ކަމާއެކު ރައްޔިތުންގެ މަޖިލިސް އުވާލާ ސީދާ ރައްޔިތުންގެ އަތަށް އެބާރުތައް ނަގާހިސާބަށް ރާއްޖޭގެ ޙާލަތު މިވަނީ ގޯހުން ގޯހަށް ބަދަލުވެފައެވެ. ރައްޔިތުންގެ ވެރިކަމެއް ކުރެވެން ވާނީ ރައްޔިތުން ބޭނުންވާ ހެޔޮ ގޮތަށެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ބާރުތައް ވަކިކޮށްދީފައި އޮތަސް އެގޮތަކަށް އެކަމެއް ހިންގޭތަނެއް ނުފެނެއެވެ.
ނިމިދިޔަ ސަރުކާރުގެ ރައީސް މީހާ އަށް ރައްޔިތުން ދީފައިވާ ވެރިކަން ކުރުމުގެ ބާރު ނާޖާއިޒުކޮށް ބޭނުންކޮށް ދައުލަތުގެ ބައިތުލްމާލަށް އަތްބާނައި އެތާގައި ރައްޔިތުންގެ ބޭނުންތަކަށް ބަހައްޓާފައި ހުރިފައިސާ އަށް އެންމެ ބޮޑު ޚިޔާނާތުން ޚިޔާނާތްތެރިވި ރައްޔިތަކަށް ނުވަތަ ބަޔަކަށް މާފުދިނުމަކީ ރައްޔިތުން ދައުލަތް ހިންގާ ދިނުމަށް ޙަވާލުކޮށްފައި ހުރި ވެރިޔަކު ކޮށްގެންވާނޭ ވަރުގެ ކަމެއް ނޫނެވެ.
ރައްޔިތުން ރައީސްމީހާގެ މައްޗަށް ތުޙުމަތު ކުރަނީ ނުޙައްގު ތަނަވަސް ކަމެއް އެ ޚިޔާތެރީންގެ ކިބައިން ހިއްޕެވި ކަމުގައެވެ. ވަނީވެސް އެހެންނޫންތޯއެވެ. އެއަށްވުރެ ސިއްޙީގޮތުން މާބަލިކަށި ނުހަނުބޮޑެތި ބަލިތައް ތަޙަންމަލް ކުރަމުންދާ އެތައްބަޔަކު ޖަލުން ނުނިކުމެފައި ރޮއިލަ ރޮއިލަތިއްބާ ރައްޔިތުންގެ ޚަޒާނާ ދަވާލި ބޮޑު ޚިޔާނާތެރިޔަކަށް ރައީސް މީހާ މާފުދީފި ވިއްޔާއެވެ.
އެހެން ކަމުން މިކަމަކީ ރައްޔިތުންނަށް ހަޖަމް ކުރެވޭވަރުގެ ކަމަކަށް ވަނީނުވެފައެވެ.
2028 އިލެކްޝަނަށް ކައިރިވަމުން ދާވަރަކަށް ވެރިކަން ކޮށްފައިވާ މީހުން ދެނެގަންނަން ޖެހެއެވެ. އެހެނީ މި މުއްސަދި ގައުމު މިވަނީ ސަރުކާރުތަކުން ވައްކަންކޮށް ނޮޅާލައިފައެވެ. އެފަދަ ވަގުންގެ ފަރާތުން ދައުލަތް ސަލާމަތް ކުރުމީ ރައްޔަތުންގެ ވަރަށް ބޮޑު ވާޖިބެކެވެ.

Loading

3 Responses

  1. އަދި ތަންކޮޅެއް އަވަސް ތިވާހަކަލިޔަން ދެހާސް އަށާވިސް ކައިރިވަންދެން މަޑުކޮއްލިނަމަ އޭރުން މަ އެމްޑީފީ އުލުބާތްދަން ވެސް ހަނދާވާނީ ވަރަށް ސަލާ

Leave a Reply to އަލިފު ޙާ! Cancel reply

ފަހުގެ އަޕްޑޭޓް