ރެޑްސީން ދަތުރުކުރާ ބޯޓުފަހަރަށް އެހީ ފޯރުކޮށްދެވޭނެ ވަސީލަތެއް ޔޫރަޕުގެ ގައުމުތަކުގައި ނެތް

Loading

July 22, 2025
profile
Facebook
Twitter
WhatsApp

ހޫތީ މުޖާހިދުންގެ ހަމަލާތައް އަލުން ފެށުމާއެކު ޖެހިޖެހިގެން 2 ބޯޓު ވަނީ ފައްތާލާފައެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަރަކާތްތެރިވަމުންގެންދާ ޔޫރަޕިއަން ޑިފެންސްގެ ކޮމާންޑަރ ރެއަރ އެޑްމިރަލް ވަސިލޯސް ރިޕަރިސް ބުނެފައިވަނީ އެއިން އެއްވެސް ބޯޓަކުން އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެދިފައި ނުވާކަމަށެވެ. އަދި ރެޑް ސީގެ ތެރެއިން ދަތުރުކުރާ ބޯޓުފަހަރަށް ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދެވިދާނެ މިންވަރަށް ޔޫރަޕްގެ ގައުމުތަކުގައި މަނަވަރުވެސް ދޫކުރެވެން ނެތް ކަމަށެވެ.

ޔޫރަޕްގެ މިޝަނުން ބަލަމުން ގެންދަނީ ދިފާއީ ގޮތުން ފޯރުކޮށްދެވިދާނެ އެހީތަކަށެވެ. އެ ހަރަކާތުގައި ޔޫރަޕަށް ލިބިފައިވަނީ ވަރަށް މަދު ވަސީލަތެކެވެ. އަދި އެސްޕައިޑްސް އިން އިތުރު ވަސީލަތަށް އެދެވިދާނެ ޖާގައެއްވެސް ނެތެވެ. (އެސްޕައިޑްސް އަކީ ޔޫރަޕިއަން ނޭވަލް ފޯރސް ގެ ބައެކެވެ.) ރިޕަރިސް ބުނެފައިވާގޮތުގައި އެސްޕައިޑްސްގެ ރެޑްސީ ހަރަކާތަށް ލިބޭނީ ދުވާލަކު އެންމެ މަނަވަރެކެވެ. އެއީ ކޮން ފެންވަރެއްގެ މަނަވަރެއްކަން ތަފްސީލުކޮށް ނުދިނަސް  ދާދި ފަހުން އިޓަލީގެ ޑެސްޓްރޯޔަރަކާއި އަދި ގްރީކުގެ ފްރިގޭޓެއް ވަނީ ރެޑް ސީ ހަރަކާތުން ފެނިފައެވެ. އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތި ރެޑް ސީ އާއި އިންޑިއަން އޯޝަންގެ ހުޅަނގުއުތުރު ސަރަހައްދާއި އަދި ގަލްފް އޮފް އަދަން ނުބެލެހެއްޓޭނެކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެން މިގެންދަނީ ޔޫރަޕިއަން ނޭވަލް ފޯރސްގައި އެދެމުންނެވެ. ރިޕަރީސް ބުނެފައިވެއެވެ.                                              

ރެޑް ސީގެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަހަރެމެންނަށް ކުރެވުނު ވަރަކުން މި ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރެޑް ސީ ތެރެއިން ދަތުރުކުރާ އުޅަނދު ފަހަރުން ރައްކާތެރިކަމަށް އެދެފިނަ އެސްޕައިޑްސް އިން އަޅާ ނުލާ ދޫކޮށް ނުލާނެއެވެ. އެހެންނަމަވެސް ބައެއްފަހަރު އެކުގައި ދަތުރު ކުރާނެ މަނަވަރެއް ނެތުމުން މަޑުކުރަންވެސް އަންގަން ޖެހެއެވެ. މިއީ އަހަރެމެން އުޅަނދުފަހަރަށް އަންގަމުންގެންދާ އެންގުމެކެވެ. އެކަމަކު ބައެއް ބޯޓުފަހަރުގެ ވެރިން އެ ގޮތް ގަބޫލު ނުކޮށް ދަތުރު ކުރަމުން ގެންދަނީ އެވެ. ރެޑްސީ ތެރެއިން ދަތުރުކުރުމުގެ ނުރައްކާތެރިކަން އަބަދާ އަބަދު އަހަރެމެން މިގެންދަނީ ބޯޓުފަހަރުގެ ވެރި ފަރާތްތަކަށް އަންގައި އިންޒާރު ދެމުންނެވެ. މެޖިކް ސީ އާއި އެޓަރނިޓި ސީ އިން އަހަރެމެންގެ އެހީއަށް އެދިފައެއް ނުވެއެވެ.  އަހަރެމެންނަށް އެހީ ފޯރުކޮށްދެވޭނީ އެކަމަށް އެދުނީމައެވެ. 2024 ގައި ޔޫރަޕުގެ މަނަވަރުތަކުން ރެޑް ސީ ހަރަކާތުގައި ބައިވެރި ވުމަށްފަހު މިހާތަނަށް ހޫތީ މުޖާހިދުންގެ ވިއްސަކަށް މިސައިލާ ޑްރޯން އަދި 2 ބޯޓު ވާނީ ނައްތާލާފައެވެ.                                                            

މީގެ ކުރިން ރެޑް ސީގެ ހަރަކާތް ކޮންޓްރޯލް ކުރަމުންގެންދިޔައީ އެމެރިކާގެ ނޭވީންގެ ލަޝްކަރުތަކުންންނެވެ. ނަމަވެސް މިދިޔަ މޭމަހު އެމެރިކާއިން ހޫތީ މުޖާހިދުންނާއެކު އެއްބަސްވުމަކަށް އައިސް މިހާރު އެމެރިކާ ނޭވީން ޔަމަނަށް ހަމަލާދިނުން ހުއްޓާލައިފިއެވެ.                                               

ހޫތީ މުޖާހިދުން އަލުން ހަރަކާތަށް ނުކުތުމާއެކު މި މަހު ކުރީކޮޅު 2 ބޯޓު ވަނީ ގޮއްވާލާފައެވެ. އަދި އެ 2 ބޯޓުގެ ބައެއް ފަޅުވެރިން މިހާރު ތިބީ ހޫތީންގެ ބާރުގެ ދަށުގައި ހިފާއްޓާފައިކަން އެނގިފައި ވެއެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް