ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48ހާއިރު ކަމަށެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި މި ގުދަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.