ބަލިމަޑު ކަމުގެ ހާލަތުގައި އިންތިޚާބު ބާއްވަން ސިންގަޕޫރުން ގޮވާލައިފި

Loading

Facebook
Twitter
WhatsApp
World News

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ގައުމަށް ފެތުރި 42،000 މީހުންނަށް ބަލިޖެހިފައިވީނަމަވެސް، ޢާންމު އިންތިޚާބު ބާއްވާނެކަން ސިންގަޕޫރުގެ ބޮޑުވަޒީރުވަނީ އަންގާރަ ދުވަހު އިޢުލާން ކުރައްވާފައެވެ.  ޓީވީ މެދުވެރިކޮށް ގައުމާ މުޚާޠަބު ކުރައްވަމުން ލީ ހުސިއެން ލޫންގް ވިދާޅުވީ ޖުލައި 10ގައި ވޯޓުލުން އޮންނާނެ ކަމަށެވެ. 

އިންތިޚާބު ބާއްވާނެކަމަށް އާންމުކޮށް އިއުލާން ކޮށްފައި މިވަނީ، ވިޔަފާރީގެ ހަބެއްގެ ގޮތުގައި ބެލެވޭ ސިޓީއަށް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބު ބޭއްވުމަށް ލީ ހުށަހެޅުއްވުމުން، ސިންގަޕޫރުގެ ރައީސް ހަލިމާ ޔަކޮބް ވަނީ 13 ވަނަ މަޖްލިސް އުވާލާފައެވެ. ލީ ވަނީ އޭނާގެ ސަރުކާރަށް އިތުރު 5 އަހަރުގެ ދައުރެއް ދިނުމަށް އެދިވަޑައިގެންފައެވެ. 

މި ދުވަސްކޮޅުގެ ހާލަތަށް ރިޢާޔަތްކޮށް ލީ ދެއްކެވި ވާހަކަކޮޅެއް ޑެއިލީ ސްޓްރައިޓް ޓައިމްސް ގައި ލަނީ ލިޔެފައެވެ. ”މި އިންތިޚާބުވާނީ ސިންގަޕޫރު މީހުން ދުވަހަކުވެސް ތަޖުރިބާ ނުކުރާ ކަހަލަ އާންމު އިންތިޚާބަކަށް“… ”ތިބޭފުޅުން އިންތިޚާބު ކުރާ ސަރުކާރަށް ވަރަށް މުހިއްމު ނިންމުންތަކެއް ނިންމަން ޖެހޭނެ“ ލީ ވިދާޅުވިއެވެ. “ މިގޮތުން ނިންމޭ ނިންމުންތަކުގެ އަސަރު ތިބޭފުޅުންގެ ދިރިއުޅުމަށާއި، ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރާނެ. އަދި ކުރިއަށް އޮތް އަހަރުތަކަށް ފެތޭހެން ސިންގަޕޫރު ބައްޓަން ވެގެންދާނެ. ދެން އަންނަ ސަރުކާރުގެ 5 އަހަރަށްވުރެ މާދުރަށްވެސް މިކަންކަން ފެންނާނެ“. 

ސިންގަޕޫރުގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 42،000 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެގައުމުގައި މަސައްކަތްކުރާ ބިދޭސީންނެވެ. މިބަލިމަޑުކަމުގެ ސަބަބުން 26 މީހުންމަރުވެފައިވާއިރު، 35،000 މީހުންވަނީ މިބަލިން ރަނގަޅު ވެފްއެވެ.

Loading

One Response

  1. ބަލިމަޑު ކަމެއް ގައުމުގައި އޮތަސް އެ ގައުމު ލޮކްޑައުން ކޮށްގެން ގޭގައެއް ނުތިބެވޭނެ. ސިންގަޕޫރުގެ ވެރިންނަކީ ކަރަޕްޝަންނެތް އަދި ގައުމުގެ ރައްޔިތުންނަށް ބަޖެޓް އިތުރުކޮށް އަހަރަކު އެ ބަޖެޓުން ރައްޔިތުންނަށް ބައިއަޅާ ހެޔޮލަފާ ބަޔަކު ހިންގާ ވެރިންތިބި ލާމަސީލު ގައުމެއްނޫންތޯ. ވާނުވާނޭގި ދުއްވޭދިމާލެއްނޭގި އޮޑިދުއްވާ ވެރިންތިބި ގައުމެއްނޫން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް