ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފި

Loading

Facebook
Twitter
WhatsApp

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޝިފާއުﷲ ސައީދު (44އ) ދޮންވެލި/ ގއ. ކޮލަމާފުށި އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކޮލަމާފުއްޓަށް އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އަދި އޭނާ ކޮލަމާފުށްޓަށް ގޮސްފައި ވަނީ އާރްޓީއެލް ފެރީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައުލޫމާތު ލިބިފައިވާތީ ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރުމުން އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Loading

One Response

Leave a Reply to anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް