ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަރާތްތަކަށް އިންޝުއަރެންސެއް!

Loading

Facebook
Twitter
WhatsApp

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަރާތްތަކަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން އެ ފަރާތްތަކަށް އިންޝުރެންސް ތަޢާރަފް ކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމުގެ ކަންކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

Loading

One Response

  1. ފަގީރުން ނަކީކޮބާ؟ މިސުވާލު ވަޒީރާއި ކޮއްދީފާނަންތަ
    ފަގީރުން ތިބި ނިސްބަތް އޭނަޔަށް ނޭނގޭ ފަގީރުން ބާކީކޮށްފަ އެބަތިބި

Leave a Reply to Ahmed Didi Cancel reply

ފަހުގެ އަޕްޑޭޓް