މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަދެނީ

Loading

Facebook
Twitter
WhatsApp

ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވަން ހުއްދަ ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހުއްދަ ދިނުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިކަން ހާމަ ކުރައްވައިފަނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވާގޮތުން އެތަންތަނަށް އަންނަ ފަތުރުވެރިންނަށްވެސް އާދެވޭނީ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާއާއި އެކުގައެވެ. މިއީ އެހެނިހެން ގެސްޓްހައުސް ތަކާއި ރިޒޯޓްތަކައް ފަތުރުވެރިން ގެންދިޔުމުގައި ވެސް މިހާރު ޢަމަލުކުރަމުން އަންނަ އުސޫލެވެ.

މިނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ޝަކުވާ ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިއުސޫލުގެ ދަށުން ދިވެހިންނަށްވެސް ރަށްރަށަށް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ދަންނަވާ މިނިސްޓަރގެ ޓްވީޓަށް ބައެއް ފަރާތްތަކުން ރައްދު ދީފައިވެއެވެ.

ކޯވިޑް19 ގެ ކޭސްއެއް މާލެއިން ފެނިގެން އެޕްރީލް މަހު ރާއްޖެ ލޮކްޑައުން ކުރި ފަހުން، މާލޭގެ ގެސްޓްހައުސްތައް ހުޅުވުމަށް މި ހުއްދަ ދެނީ ފުރަތަމަ ފަހަރަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް