ހަނގުރާމަފެށީ ކަލޭމެންނެވެ. ނިންމާނެ ގޮތަކާއި ވަގުތު ފައިސަލާކުރާނީ އަހަރެމެންނެވެ.

Loading

June 18, 2025
profile
Facebook
Twitter
WhatsApp
އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލެވުނު އީރާނުގެ އިންގިލާބީ ގާރޑުންގެ ކޮމާންޑަރ ހުސައިން ސަލާމީގެ ފޮޓޯއެއް މައިދާން ތެހެރާންގައި ގައި

އިސްރާއީލާއި އީރާނުގެ ޚަބަރުތައް ގެނެސްދޭ ވަސީލަތްތަކަށް ބަލާއިރު އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ލިބެމުންދާ ގެއްލުންތައް ބަރާބަރަށް ބޮޑެތި މީޑީއާތަކުން ގެންދަނީ ހާމަކުރަމުންނެވެ. އެއީ އެކަން ހިނގާނެ މަގު ކަމަށް ގަބޫލުކުރަންޖެހޭނެވެސް މެއެވެ. ބޮޑެތި މީޑިއާތަކަކީ މިނިވަން ވަސީލަތްތަކެއް ކަމަށް ދައުވާ ކުރިއަސް އެ ވަސީލަތްތައް ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރަނީ ހުޅަނގުގެ ގައުމުތަކުންނެވެ. ދިވެހިންގެ ހަރު ބަހެއްގައި ބުނެފައިވާފަދައިން ”ކާންދޭ އަތުގައި ދަތް އެޅުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.“

    

ފާއިތުވެގެން ދިޔަ ހަތަރުދުވަހު އިސްރާއީލަޢި އީރާނުން ބަދަލުކޮށްފައިވާ ހަމަލާތަކަކީ ދުނިޔޭގެ ތާރީޚުގައި 4 ދުވަހެއްގެ ތެރޭގައި ބަދަލުކުރެވިފައިވާ އެންމެ ނުރައްކާތެރި ހަނގުރާމައިގެ ހަމަލާތައް ކަމުގައި ތަޖްރިބާކާރުންގެ ދިރާސާތަކަށް ހަވާލާދީ ބޮޑެތި މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. އެ ހަމަލާތަކުގެ ނަތީޖާއަކަށް މުޅި މެދުއިރުމަތި ރޯވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިހާރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ.                   

ޒަމާންތަކަކަށް ދިގުދެމިގެން ގޮސްފައިވާ މި 2 ގައުމުގެ ދުޝަމަނީގައި ކުދިކުދި ދެކޮޅުވެރިކަމުގެ ހަމަލާތައް މެދުއިރުމަތީގައި ހިމެނޭ އީރާނުގެ ބައިވެރިންނާއި އިސްރާއީލާ ދެމެދު ބަދަލުކުރެވިގެން ދިއުމަކީ ކޮންމެ ދުވަހަކު ފެންނަ މަންޒަރެކެވެ.                                                         

އިސްރާއީލުން އީރާނަށް މި މަހުގެ 13 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ހަމަލާތަކާގުޅިގެން މަސްރަހު ހޫނުވަމުންދާ މިންވަރު ބޮޑެތި މީޑިއާތަކުގެ ދުރުމިންވެސް ބަލާލަމާ ހިނގާށެވެ.                      

ހުކުރު ވިލޭރޭ އިސްރާއީން ފައިޓަރ ޖެޓާއި ޑްރޯން ބޭނުންކޮށްގެން އީރާނަށް ދިން ވަރުގަދަ ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ތަންތަނުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި މިލިޓްރީ އަދި ބައެއް ތެޔޮ ކާރުޚާނާތަކާއި އާންމުން ދިރިއުޅޭ ތަންތަންވެސް ހިމެނެއެވެ. އީރާނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ އެ ހަމަލާތަކުގައި އީރާނުގެ 224 މީހުން ޝަހީދުވެ 1200 އަށްވުރެން ގިނަ މީހުން ޒަޚަމް ވެފައިވާކަމަށެވެ. އީރާނުގެ ދިފާއީ ނިޒާމް ހަލާކު ކޮށްލައި މިލިޓްރީގެ އެންމެ އިސް ބޭފުޅުން ޝަހީދުކޮށްލާފައިވާއިރު އީރާނަށް ހިންދެމިލާނެ ފުރުސަތު ދެން ނުދޭނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ކިބުރުވެރިކަމާއެކު ދުނިޔެއަށް އިއުލާން ކުރިއެވެ. 

އެހެންނަމަވެސް އޭގެ ފަހުން 12 ގަޑިއިރުވެސް ނުވަނީސް އީރާނުން އިސްރާއީލަށް މިސައިލްގެ ތޫފާނެއް ފޮނުވާލިއެވެ. އީރާނުން އިސްރާއީލަށްދިން މި ހަމަލާގައި މަދުވެގެން 24 މީހުން މަރުވެފައިވާ ކަމަށާއި އެހާތަނަށް 559 މީހުން ޒަޚަމް ވެފައިވާކަން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރިއެވެ. އަދި އިސްރާއީލުން އީރާނަށް ދިން ފަނާކުރަނިވި ހަމަލާއަށް 24 ގަޑިއިރުވެސް ނުވަނީސް އެވަރުގެ ބާރުހުރި ހަމަލާއެއް ދިނުމުގެ ގާބިލްކަން އީރާނަށް ލިބިފައި ނުވާނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ. ނަތަންޔާހޫ ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތަކުގައި ޕާކިސްތާނުގެ ބައިވެރިވުން އޮންނާނެއެވެ. އަދި ހަމަމިމޭރުމުން ބުރުކީނާ ފާސޯގެ ރައީސް އިބްރާހިމް ޓްރާއޯރޭއަށްވެސް ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވެއެވެ.                                 

އިސްރާއީލުގެ ބޮޑުވަޒީރުގެ ތުހުމަތު ތަކަށް ރައްދު ދެއްވައި އީރާނުގެ ހަމަލާތައް ޕްލޭން ކޮށްދިނުމުގައި އެހީތެރިވެ ވަޑައިގެން ދެއްވިކަމަށާއި އަދި އީރާނަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެ ދިނުމަށް ޕާކިސްތާނުން އޮތީ ތައްޔާރަށްކަން ދޭހަވާ އިބާރާތަކުން ޕާކިސްތާނުގެ މިލިޓްރީ ކޮމާންޑަރ އާސިމް މުނީރު އަހްމަދު ޝާހް ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. ޕާކިސްތާނުގެ ހަތިޔާރުއެޅި ލަޝްކަރުތައް އީރާނަށް ދަތުރުކުރަމުންދާ މަންޒަރު ބައެއް މީޑިއާތަކުން މިއަދު ގެނެސްދީފައި ވެއެވެ.                       

އީރާނުގެ މުސްލިމް އަޚުންނަށްޓަކައި ފުރާނައިން ޖިހާދުކުރަންވެސް ތައްޔާރަށް ހުންނެވިކަމަށް ބުރުކީނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޯރޭ ވަނީ ވިދާޅުވެފައެވެ.                                       

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީބޮޑެތި ގެއްލުންތަކެއް ދީފައިވާނެކަމަށް އިސްރާއީލުން ހާމަކުރަމުން ގެންދާއިރު ބައެއް ތަޖްރިބާކާރުންގެންދަނީ ޝައްކު އުފައްދަމުންނެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި ޔޫ އެން ގެ ނިއުކްލިއަރ ހަކަތައާއިބެހޭ “ ފާރަކުއްތާ  “ އާއި އަދި އެމެރިކާގެ ރިޕޯރޓްތަކަށް ބަލާއިރުވެސް އީރާމުގައި ނިއުކްލިއަރ ހަތިޔާރު މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެއދިދާނެ މިންވަރަށް ޔުރޭނިއަމް ވަނީ މުއްސަނދި ކޮށްފައެވެ. އެކަމަކު އެ ސައިޓްތަކަށް ހަމަލާދީ ބިމާ ހަމަކޮށްލުމުންވެސް ރޭޑިއޭޝަންގެ އެއްވެސް އަސަރެއް އުފެދުނުކަން އެނގޭކަށް ނެތެވެ.                                                 

އިސްރާއީލުގެ ބޮޑުވަޒީރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ޝަހީދުކޮށްލުމެވެ. ރައީސް ޓްރަމްޕްގެ ތާއީދު ހޯދަން ކުރި މަސައްކަތުގައި ޓްރަމްޕް ވިދާޅުވެފައިވާކަމަށް މީޑިއާތަކުގައި ބުނެފައިވަނީ އެކަމަށް ތާއީދު ނުކުރެވޭނެ ކަމަށާއި ޚާމަނާއިއަށް ގެއްލުމެއް ދިނުމުން މުޅި އިސްލާމީ އުންމަތުގެ ނަފްރަތާޢއި ރުޅިވެރިކަމަށް ކުރިމަތިލާންޖެހޭނެ ކަމަށެވެ.                            

ހޯމަ ދުވަހު ހަވީރު އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ އުތުރު ސަރަހައްދު ތަކަށް ވަނީ އަމާޒުވެފައެވެ. އެ ހަމަލާތަކުން ލިބުނު ގެއްލުމުގައި އާންމުރައްޔިތުން މަގުތަކަށް ނިކުމެ ހަމަލާތައް ހުއްޓާލަ ދިނުމަށް އެދި އީރާނަށް އާދޭސްކުރަމުން ގެންދާ މަންޒަރުތަކުން މީޑިއާ ޕްލެޓްފޯރމްތައް ވަނީ ފުރާލާފައެވެ.             

އިސްރާއޅުން އެންމެ ފަހުންދިން ހަމަލާގައި އީރާނުގެ ރަސްމީ ބްރޯޑްކާސްޓް ސްޓޭޝަން ވަނީ ހަލާކުކޮށްލާފައެވެ.  އެސޯޝިއޭޓެޑް ޕްރެސްގެ ރިޕޯރޓަރަށް އެ މަންޒަރު ވަނީ ފެނިފައެވެ. އެމެރިކާއިން ދީފައިހުރި އެންމެފަހުގެ ހަނގުރާމަމަތީ އުޅަނދުފަހަރު އިސްރާއީލުގެ އެއަރފޯސްގައި ހުރިއިރު އީރާނުގައި ހުރީ 1970 ގެ ފަހުކޮޅުގެ އަހަރުތަކުގެ އުޅަނދު ފަހަރެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ އެ އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޕެއާރޕާރޓްސްވެސް އީރާނަށް ލިބޭނެގޮތެއް ވަނީ ނެތިފައެވެ. އީރާނުން ވައިގެ ހަމަލާދިނުމުން ދުރުހެލިވާ ސަބަބަކީވެސް މިއީ އެވެ. އެހެންނަމަވެސް އިސްރާއީލަށް އީރާނުގެ ފައިޓަރ ޖެޓެއްގައި ހަމަލާދިނުމަށްފަހު ސަލާމަތުން އެނބުރި އައުމުގެ ޝަރަފް އީރާނުގެ މިލިޓްރީގެ ވަރަށް ޒުވާން އަންހެން ޕައިލެޓަކުވަނީ ގައުމަށް ހޯދާދީފައެވެ. ޕައިލެޓް ކެޕްޓަން ލައިލާ ހުސައިނީގެ ހިތްވަރުގަދަ މިކާމިޔާބު ފާހަގަކޮށް އެކަމަނާއަށް ގައުމުގެ ބަތަލެއްގެ ލަގަބުވަނީ ދީފައެވެ.                                    

އާދީއްތަ ދުވަހު އީރާނުންދިން ހަމަލާގައި އިސްރާއީޅުގެ ހައިފާގައި ހުންނަ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ވަނީ ގޮއްވާލާފައެވެ. އީރާނުގެ މިލިޓްރީ ތަރުޖަމާނު ރިޒާ ސައްޔާދު ވިދާޅުވެފައިވަނީ އީރާނުގެ ހަމަލާތައް އަމާޒުކުރަނީ އިސްރާއީލުގެ މިލިޓްރީގެ އިސްވެރިންނާއި ސައިންޓިސްޓުން ދިރިއުޅޭ ތަންތަނަށާއި އަދި ސެކިއުރީޓިއާ ބެހޭ ތަންތަނަށް ކަމަށެވެ.                                                      

ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަނގުރާމަ ހުއްޓާލަން ގޮވަމުންދާނަމަވެސް ފެންނަމުންދަނީ ދުވަހުން ދުވަހަށް ހަނގުރާމައިގެ ހޫނު ގަދަވަމުންދާތަނެވެ.                                             

އީރާނާއި އިސްރާއީލަށްވެސް ޗައިނާއިން ގޮވާލަމުންގެންދަނީ ހަނގުރާމަ ހުއްޓާލައި ދެކޮޅުވެރިކަން ކުޑަކުރެވިދާނެ މަގުތައް ހޯދަން މަސައްކަތްކުރުމަށެވެ. ތުރުކީގެ ރައީސް ފޯނުކުރައްވާފައި ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ބައި އަދާކުރަން ބޭނުންކަމަށް އީރާނުގެ ރައީސަށް ދަންނަވާފައިވާ ކަމަށް ވެއެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓުވުމުގެ ބޭނުންތެރިކަމާމެދު ޖީ-7ގެ ވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ. އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ އީރާނުން މި ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށާއި މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރުމަށެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް