ތ.އަތޮޅުގެ 4 ރަށެއްގައި ކެންސަރަށް ސްކްރީންކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް!

Loading

Facebook
Twitter
WhatsApp

ތ.އަތޮޅުގެ 4 ރަށެއްގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިޕްރޮގްރާމް ހިނގުމަށް ނިންމާފައިވަނީ ތ.ވިލުފުށި، ތ.މަޑިފުށި، ތ.ދިޔަމިގިލި، އަދި ތ.ބުރުނީގައެވެ.

ތ.އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ 18 ޖޫން އިން 21 ޖޫން އަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކެންސަރަށް ސްކްރީން ކުރެވޭ މިޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނޭ ކަމަށެވެ.

މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އެ ރަށެއްގެ ހެލްތު ސެންޓަރަށް ގުޅުމުން ލިބޭނެއެވެ.

Loading

One Response

  1. ކުރިޔަށް ޢޮތް ދުވަސްޔަކުގައި ތ ޢަތޮލުގައި ކެންސަރުގެ ބަލިމީހުން ޑަބަލް ވާނެއެވެ. އެހަދާ ސްކްރީނުގެ ށަބަބުންވެސް ކެންސަރުބަލި އިތުރުވެއެވެ.

Leave a Reply to ހުސޭނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް