މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވައްކަންކުރި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް!

Loading

Facebook
Twitter
WhatsApp

މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވައްކަންކުރި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ހައްޔަރުކުރީ ފިހާރައަކުން 67،500ރ. ގެ ”އޮމެގާ“ ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމުތުގައި ކަމަށެވެ.

އަދި ސީސީޓީ ފުޓޭޖް ސްނެޕްޝޮޓްތަކާއި ބަޔާންތަކުން އޭނާ މޫނު ބުރުގާ އަޅައިގެން ފިހާރަ ތެރެއަށް ވަދެ ގަޑި ނަގާފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކު ގުޅިގެން ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން ގަޑި ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރަން ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.

Loading

One Response

Leave a Reply to އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް