ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެނެއްނުވޭ: ރައީސް

Loading

Facebook
Twitter
WhatsApp

ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

”ގޭންގާއި ގޭންގްކުށްތަކުގެ މައްސަލަތައް ޙައްލުކުރެވިފައިނުވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތި، އަމިއްލަ މަސްލަޙަތު އިސްކުރުމުން، ނަމަވެސް، މި ދައުރުގައި އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅުތަކެއް އެޅި، ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، ޙަޤީޤީ މާނައިގައި ޤައުމުގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދެމުންދާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ މައްސަލަތަކަށް ދާއިމީ، ވަށާޖެހޭ ޙައްލުތައް ހޯދުމަށް، އެމަނިކުފާނަށް ބޭނުންފުޅު ވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

ބިލު ތަޞްދީޤުކުރެއްވުމަށްފަހު، ބިލާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ މިފަދަ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން މި ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށާއި މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Loading

One Response

  1. މިނިސްޓްރީގެ ނަން ދިވެހި ބަހުން ކިޔާފައި.ޕޮލިޓިކަލް ވިލް އޭ ބުނީމާ ގިނަމީހުންނަކަށް ނޭގޭނެ.ތިޔަ ކިބުރުވެރިކަމާ ބޮޑުކަން ދޫކޮށްލާ.ވެއްޓެން ވީމާ ގިނައިރެއް ނުނަގާނެ.

Leave a Reply to ސަބްކުޗްސީކާ Cancel reply

ފަހުގެ އަޕްޑޭޓް