ދޮންމަންމަ

Loading

Facebook
Twitter
WhatsApp

އަހަރެންގެ ދޮންދަރިފުޅުގެ ކައިވެނި ކުރިރޭ ރޯން ޖެހިދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް ފަހުން އެންމެ ބާރަށް ހުނީ އަހަރެންނެވެ.


އެރޭ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ އަމިއްލަދަރިއެއް ނޫންނަމަވެސް ނަތަން އަކީ ހަމަ އަހަރެންގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. އެހެންކަމުން އެރޭ އަހަރެން ޕާޓީ އަށް ދިޔައީ ވަރަށް ރީތިކޮން ނަލަހެދި، އަދި ނަތަން އަހަރެންނަށް ދީފައިވާ ޚާއްސަ ފަށެއް އަޅައިގެންނެވެ.
މެހްމާނުންނަށް ޚާއްސަ ގޮނޑިތަކުގެ އެންމެ ކުރީބަރީގައި އަހަރެންގޮސް އިށީނީމެވެ. އެތާ އިންދާ ނަތަންގެ ވާންއުޅޭ އަނބިމީހާ މެލީސާ އައިސް އަހަރެންނާ ދިމާލަށް ބުންޏެވެ. ”އެންމެ ކުރީ ގޮނޑިބަރީގައި ތިބޭނީ އަސްލު މަންމަ އިންނެވެ.“ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭނާ އެހެން ބުނިއަޑު ކައިރީގައިތިބި އެތައް ބަޔަކަށް ވެސް އިވުމެވެ. އެވަގުތު ރޮވެން ފެށުމުން އަހަރެން އިސްޖަހާލުމަށްފަހު މަޑުމަޑުން ތެދުވެގެން ގޮސް ގޮޑިތަކުގެ ފަހަތު ގޮޑިބަރިއެއްގައި އިށީނީމެވެ. އަތުގައި އަހަރެން ގެނައި ހަދިޔާ އޮތެވެ. ޚާއްސަ ބަސްކޮޅެއް ކަނޑާ ނަގާފައިވާ ރިހިންހައްދާފައިވާ ކަފްލިންކް ޖޯޑެކެވެ. އޭގައި އަހަރެންލިޔެފައިވަނީ
”The boy I raised: the man I admire“
މިހެންނެވެ.
އަހަރެން ނަތަންގެ ބައްޕައާ ކައިވެނިކުރިއިރު ނަތަންގެ އުމުރުން އެންމެ ހަ އަހަރެވެ.ނަތަންގެ މަންމަ އޭގެ ދެއަހަރުކުރިން ވަނީ ވަރިވެގެން ގޮސްފައެވެ.އެއާއެކު ނަތަންގެ ބައްޕަ ފުން ހިތާމަ އަކަށް ވެއްޓިގެން ދިޔައެވެ. ނަތަންގެ ސްކޫލް ޚަރަދުތަކާ އަދި ގޭގެ ޚަރަދުތައް ފޫބެއްދުމަށް ނަތަންގެ ބައްޕަ އައީ ދެވަޒީފާ އަދާކުރަމުންނެވެ.އެހެންކަމުން އޭނަހުރީ ހަލާކުވާން ކައިރިވެފައެވެ. އަހަރެން ނަތަންގެ ބައްޕައާ އިނީވެސް ހަގީގަތުގައި ނަތަން އަށް ޓަކައެވެ. އޭނައަށް މަންމައެއް ބޭނުންވާ ވަރު އަހަރެންނަށް އިހުސާސް ކުރެވުނީތީއެވެ. ނުގޮސް ހުންނާނެ މަންމައެއް ގެ މުހިންމުކަން އެނގޭތީއެވެ.
ކައިވެނިކޮށްގެން ދިޔަ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން އަތުކުރި އޮޅާލީމެވެ. އޭނާ ރުއްސުމަށް އެކިކަންކަން ކުރަމުން ގެންދިޔައިމެވެ. ބަންދު ދުވަސް ތަކުގައި ދެމީހުން އެކުގައި ކުކީސް ހަދަމެވެ. އޭނާ ޝައުގުވެރިވާ ފޮތްތައް ހޯދާދެމެވެ. ވެއްޓި ކަކޫ މެށުމުން ބޭސްއަޅާދީ ،ސްކޫލް ޕްރޮޖެކްޓްތައް ގަޑިއަށް ނިންމަން އެހީތެރިވެދީ އަދި ހުންއައިސްގެން އުޅޭ ރޭރޭ ދަންވަރު އެތައް ދަމެއްވަންދެން އޭނާ ކައިރީ ހޭލާ އިންނަމެވެ. އަހަރެން ނާއި ނަތަންގެ ބައްޕައަށް ކުއްޖަކު ނުލިބެއެވެ. ތިންމީހުންގެ ފެމިލީ ވަރަށްވެސް އުފާވެރިއެވެ. ހަމަޖެހެއެވެ.
މިހެން އުޅެނިކޮށް ނަތަންގެ ބައްޕަ ސްޓްރޯކެއް ޖެހިފައި ކުއްލިއަކަށް މަރުވިއެވެ. އޭރު އޭނާގެ އުމުރުން އެންމެ 53 އަހަރެވެ. ބައްޕަމަރުވުމުން ނަތަން ބަލަމުން އައީ އަހަރެން އެކަނިމާއެކަނިއެވެ. ލޭގެ ގުޅުމެއް ނެތެވެ. ވަނީ ހަމައެކަނި ވަރުގަދަ ލޯތްބެކެވެ.
ބައްޕަ މަރުވުމުން ހިތާމައިން ހުރެފަވެސް އެއްދުވަހަކު ނަތަން މަޑުމަޑުން އަހާލިއެވެ. ”ދެންވާނީ ކިހިނެއްހެއްޔެވެ؟“ އޭނާ ހަޤީގަތުގައި އަހަން ބޭނުންވީ އަހަރެން އޭނަ ދޫކޮލާފަ ތާކަށް ދާނީތޯ އަދި އޭނަދެން އުޅޭނީ ކޮންތަނަކުތޯ އެވެ. އަހަރެން އޭނަކައިރިޔަށް ގެނެސް ބައްދާލުމަށްފަހު ބުނީމެވެ. ”ދެމީހުން ހަމަ ކުރިން އުޅުނު ގޮތަށް މިގޭގައި އުޅެމުން ގެންދާނީއެވެ.“
ނަތަން ސްކޫލް ނިމި ކޮލެޖަށް ވަނުމަށް ފީދައްކާހެދީ އަހަރެންނެވެ. އަދި ކޮލެޖް ނިމުމުން ވަޒީފާއަށް ދިއުމަށް އޮފީސް ހެދުން ގަންނަންވެސްނަތަންއާއެކު އަހަރެން ދިޔައިމެވެ.
ނަތަންގެ ލޯބިވެރިޔާ މެލީސާ އާ ބައްދަލްވެ އަމިއްލަ އެޕާޓްމަންޓެއް ނަގާ އަދި ކައިވެނި ކުރަން ނިންމުމުންވެސް އެންމެ ބޮޑަށް އެހީތެރިވެދިނީ އަހަރެންނެވެ.
ކައިވެނީގެ ހަފްލާ ފެށި މިއުޒިކް ގެ އަޑުއިވެން ފެށިއެވެ. އިރުކޮޅަކުން އެންމެން ކޮޅަށް ތެދުވެއްޖެއެވެ.މެދުގައިވާ ހަނިމަގުގެ އެއްކޮޅަކުން ނަތަން އޭރު ކައިވެނިކޮށްދޭ މީހާއާއި ދިމާއަށް ވަދެގެން އާދެއެވެ. ވަރަށް ރީތި ފުރިހަމަ ޒުވާނެކެވެ.ހުރީ އުފަލުން ހެވިފައެވެ. ހޯލަށް ވަދެގެން މަޑުމަޑުން ކުރިޔަށް އަންނަމުން އައިސް ނަތަން ކުއްލިއަކަށް ހުއްޓުނެވެ. އަދި މެހްމާނުންގެ މޫނުތައް ހޯދަން ފެށިއެވެ. ވަކިމީހަކު ފެނޭތޯ ބަލާގޮތަށެވެ. ކުރީބަރިން ނުފެނުމުން އެނބުރުނެވެ. އެވަގުތު އަހަރެން އެންމެ ފަހަތުގައި އިންދާ އޭނާއަށް ފެނުނެވެ.އެއާއެކު އަނބުރާލާފަ އަހަރެންގެ ކައިރިޔަށް އައެވެ. އަދި އަހަރެންގެ އަތުގައި ހިފާނެގުމަށްފަހު ހިނިއައިސްފަހުރެ ބުންޏެވެ. ”މަންމާ ކައިވެނި ކޮށްދޭ ތަނާހަމަޔަށް އަހަރެން ގެންގޮސްދޭށެވެ.“ އަހަރެން ވަރަށް އުފާވިއެވެ. އެއީ ނަތަން އަހަރެންނަށް މަންމަ ކީ ފުރަތަމަ ފަހަރެވެ. އަހަރެން އުފަލުން ތެދުވުމުން އަހަރެންގެ އަތުގަ އޭނާގެ އުޅަބޮށިއަޅުވާލައިގެން ދެމީހުން އެކުގައި ކައިވެނިކުރާތަނާ ދިމާލަށް ހިނގަން ފެށީމެވެ.
ހަނިމަގުގެ އެންމެ ކޮޅަށް ދެވުމުން ފަހަތުން ހުސްގޮނޑިއެއްގެނުވާ އެންމެ ކުރީގައި ބެހެންޓުމަށްފަހު މަންމަ އިންނާނީ މިތަނުގައި ކަމަށް ބުނެ އަހަރެން އެތަނުގައި ބޭންދިއެވެ.
މެލީސާ ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. ނަތަންގެ ހަޔާތުގައި އަހަރެންގެ މަގާމު މިހާރު އޭނަޔަށް އެނގޭނެތާއެވެ.

Loading

3 Responses

    1. އެނިމުނީ ނޫންތޯ. މެސެޖަކީ ފިރިހެން މީހާގެ މީހުން ނަށް ވައިފް އިހާނެތި ކުރަން އުޅުނަސް އެކަން ހުއްޓުވާނީ ފިރިހެން މީހާ އޭ.

Leave a Reply to އުދާސް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް