ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލެއް

Loading

May 9, 2025
profile
Facebook
Twitter
WhatsApp

ދިވެހި ފުލުހުން ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ. މި ބަދަލުތަކުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ވަނީ ކަނޑައަޅާފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނޭ ކަމަށެވެ.

 އެގޮތުން މި ބަދަލުތަކާ ގުޅިގެން، ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އައްޔަން ކުރައްވާފައިވާއިރު ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް، ހެޑް އޮފް ކައުންޓަރ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން، އަދި ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު ވަނީ އައްޔަންކުރައްވާފައެވެ.

ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ ސެކިއުރިޓީގެ މަގާމަށް ކަނޑައަޅުއްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން އެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ބަދަލުތައް ގެނެސްފައި ވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް