އިމިގްރޭޝަން ކޮންޓްރޯލަރު މަގާމުން ވަކިކޮށް ތަހުގީގެއް!

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށްބުނެ ތަހުގީގެއް ފަށައި، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަޤާމުން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭ ސަރުކާރުން ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަނު ކުރައްވާފައެވެ.

ފުލުހުން ރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.

Loading

One Response

  1. މީދޫ މީހުނަށް ގިނަވަޒީފާ ތަކެއް ދޭނެކަމަށް ބެލެވޭ!
    މެޑަމް ކަރޯކޭގެ ރަށް !

Leave a Reply to ދޮން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް